ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެމަހެއްހާދުވަސް ތެރޭގައި ދުނިޔޭގެ އެންމެ ބޮޑު ބާޒާރާއެކު މިނިވަން ވިޔަފާރި ފެށޭނެ: މިނިސްޓަރު

އިކޮނޮމިިކް މިނިސްޓަރު މުހައްމަދު ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިޔަށް އޮތް ދެމަހެއްހާދުވަސް ތެރޭގައި ދުނިޔޭގައި އޮތް އެންމެ ބޮޑު ބާޒާރާއެކު މިނިވަން ވިޔަފާރި ފެށޭނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސް އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ މިއަހަރުގެ އެކައުންޓެންޓްސް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން އެރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ފައިނޭންސް އާއި އެކައުންޓީންގ ދާއިރާއަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީގެން ކުރިއަރުވައި ހިމާޔަތްކުރަން މަސައްކަތް ކުރަމުން އަންނަ އެއް ދާއިރާ ކަމަށެވެ. އަދި މިހާރު މި ދަނީ އައު މާރކެޓްތައް ހޯދުމުގައި ބޮޑެތި ވިސްނުންތަކަށް މަގުކޮށައި ޖާގަދެމުން ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ސަބަބުން ޚާއްޞަކޮށް ފައިނޭންސް އާއި އެކައުންޓެންސީ ދާއިރާއިން ދުނިޔޭގެ ބޮޑު ބާޒާރަށް ވަނުމުގެ ފުރުސަތުތައް ދިވެހިންނަށް ފަހިވެގެންދާނެ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ސައީދު އިތުރަށް ވިދާޅުވީ، މިހާރު އޮތް ހާލަތު ބަދަލުކުރުމަށް އުންމީދާއެކު ދެމެހެއްޓެނިވި ގޮތަކަށް ކަންކަން އެނގިގެން ވިސްނުންތެރިކަމާއެކު އަމާޒެއް އޮވެގެން އަމާޒު ޔަޤީންވާ ގޮތަށް މަސައްކަތްކުރުމަކީ މުހިންމު ކަމެއްކަމުގައެވެ.

މި މުހިންމު މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި މާލީ ވުޒާރާގެ ވަޒީރާއި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ވިސްނުމުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށްވެސް ވިދާޅުވިއެވެ.

”ލީޑިން އިން ދަ އޭޖް އޮފް އޭ.އައި: އިނޮވޭޓިވް، އިންޓަގްރޭޓް، އިންސްޕަޔަރ“ ތީމެއްގެ ގޮތުގައި ކަނޑައަޅާފައިވާ މިފޯރަމްގެ މަގްސަދަކީ އެކައުންޓިންގ އަދި ފައިނޭންސްގެ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތައް އާޓިފިޝަލް އިންޓެލިޖެންސް އަދި އަދި އީ.އެސް.ޖީގެ މުހިންމުކަމާއި، ތަޖުރިބާއާއި ބޭނުންތަކާއި ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދީ މަޝްވަރާތައް ކުރިއަށް ގެންދިއުމެވެ. މީގެއިތުރުން ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓަންޓުންގެ އިންސްޓިޓިއުޓް (ސީއޭ މޯލްޑިވްސް) ގެ ބައިވެރިންގެ ހިސާބުކުރުމުގެ މިންގަނޑުތަކާއި މާލީ ރިޕޯޓުކުރުން ހަރުދަނާކުރެއެވެ.

މި ފޯރަމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އޯގަސްޓް ތިނެއް އަދި ހަތަރުވަނަދުވަހު ދިވެހިރާއްޖޭގެ ގައުމީޔުނިވާސިޓީ ޔުނިވާރސިޓީގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: