ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާގެ ޕައިލެޓް ފްރީޓްރޭޑް ޒޯން: ދިވެހި ވިޔަފާރިވެރިންނަށް ރަނުގެ ފުރުސަތެއް!

ޝާމަން ފްރީ ޓްރޭޑް ޒޯން: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ މިސްރާބަށް ބެލުމުން ދިވެހިންނަކީވެސް ސިނާއީ ޒަމާނެއްގެ ހުވަފެނެއް ދެކޭ ބައެއްކަން ފެނިގެންދެއެވެ. ރާއްޖޭގައި ކަނޑާއި ވައިގެ ބަނދަރުތައް ގާއިމުކޮށް ސަރުކާރުތަކުން އެހެން ގައުމުތަކާއިއެކު ވިޔަފާރި އެއްބަސްވުންތައް ގާއިމުކޮށް ހާރިޖީ ގިނަ މަސައްކަތްތަކެއް ކުރަމުންދަނީ ރައްޔިތުންގެ އެ ބޭނުންތައް ފުއްދުމުގެ ގޮތުންނެވެ. އެހެންމަވެސް ކަނޑާއި ފަޅު އަދި ބީޗުތައް ވިއްކައިގެން އާމްދަނީ ހޯދަމުންދާ ރާއްޖެއަށް އެ މަންޒިލަށް ވާސިލުވުމުގައި ހުރަސްތައް އެބަ ހުއްޓެވެ.

ދިވެހިންނަކީ އާބާދީ މަދު ގައުމެއްކަމަށްވުމުންނާއި އިންޑަސްޓްރިއަލައިޒޭޝަންއަށް ބޭނުންވާނެ ވަސީލަތްތައް ނެތުމުން ނުވަތަ މަދުވުމުން ގިނަ ވިޔަފާރިތައް އޮންނަނީ އިމްޕޯޓު ކުރުމުގެ މައްޗަށް ބަރޯސާވެ އެތެރޭގެ މަދު ކަސްޓަމަރުން ކޮޅަކަށް ބަރޯސާވެއެވެ. ސިނާއީ މަސައްކަތްތަކަށް ބޭނުންވާނެ މެޝިނަރީއާއި މައުދަންތައް ނެތުމުގެ ދަތިކަމުގެ އިތުރުން އިންފްރާސްޓްރަކްޗާ އަދި ޖާގައިގެ ދަތިކަންވެސް ހުރި އިރު އިންޑަސްޓްރިއަލް މަސައްކަތްތަކުގެ ސަބަބުން ތިމާވެއްޓަށްވެސް ނޭދެވޭ އަސަރު ކުރުމުގެ ފުރުސަތު އޮތުމުން މިއީ ފަތުރުވެރިކަމަށް ބަރޯސާވެ އޮތް ރާއްޖެއަށް ބޮޑު ނުރައްކަލެކެވެ.

ޗައިނާ ރާއްޖޭގެ ގުޅުމުގެ ތެރެއިން މި މައްސަލައަށް ހައްލެއް ފެނިއްޖެއެވެ. ޗައިނާގެ ޝާމަން ސަރަހައްދުގައި އެ ގައުމުގެ ސަރުކާރުން ގާއިމުކޮށްފައިވާ ސްޕެޝަލް އިކޮނޮމިކް ޒޯން މެދުވެރިކޮށް ދިވެހިންނަށް ބޭރަށް ވިޔަފާރި ކުރުމުގެ މަގު ވަނީ ހުޅުވިފައެވެ. ނިމިދިޔަ އަހަރު ޝާމަންގެ އިކޮނޮމިކް ޒޯންއިން 800 ބިލިއަން ޔުއާން ނުވަތަ 120 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައިވާއިރު ވިޔަފާރީގެ އަގު 130 ބިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.

ޝާމަން ސަރަހައްދުގެ ސީޕޯޓުން ކޮންޓެއިނަރ ލައިނަރުތަކަށް 175 ރޫޓެއް ހުޅުވާލާފައިވާއިރު 57 ގައުމެއްގެ 150 ޕޯޓަކަށް މުދާ ފޮނުވައެވެ. ޝާމަން އެއަރަލައިންސްއިން އެ ސަރަހައްދުގެ ބައިނަލްއަގުވާމީ އެއަރޕޯޓުން ރާއްޖެއާއި ދެމެދު ޑައިރެކްޓް ފްލައިޓުތައް އަޅާއިރު 170 އަށްވުރެ ގިނަ ޑޮމެސްޓިކާއި އިންޓަރނޭޝަނަލް މަންޒިލުތަކަށްވެސް ދަތުރުކުރެއެވެ.

ޗައިނާ ސަރަހައްދުގެ އޮފިޝަލުން މައުލޫމާތު ދިން ގޮތުން ޝާމަންގެ ޕައިލެޓް ފްރީޓްރޭޑް ޒޯންގެ މަސައްކަތްތަކުގެ ތެރެއިން ކާބޯތަކެތިން ފެށިގެން އަންނައުނާއި ކަރަންޓު ސާމާނަށްދަންދެން އުފައްދައި ވިޔަފާރިކުރެވިގެންދެއެވެ. ސާމްޕަލް ޕްރަޑަކްޓެއް ހަދާލުމަށްފަހު ފޮނުވައި އޭގެ އެނާލިސިސް ހެދުމަށްފަހު އެ ސަރަހައްދުގައި އެތަކެތި އުފެއްދުމާއި ވިޔަފާރި ބޭނުމަށް ބަލްކު މެނުފެކްޗާ ކުރުމުގެ ގާބިލުކަންވެސް އެފްޓީޒެޑްގައި ހަރަކާތްތެރިވާ ގިނަ ކުންފުނިތައް މެދުވެރިކޮށް ހާސިލުވެގެންދާނެކަމަށް މައުލޫމާތު ދީފައިވާއިރު، ރާއްޖެއާއި ދެމެދު ފްރީޓްރޭޑް އެއްބަސްވުމެއް ގާއިމުކޮށްފައިވާކަމަށްވުމުން ހެޔޮ އަގުގައި އެތަކެތި އަނބުރާ ޑައިރެކްޓް ރޫޓަކުން އަނބުރާ ގައުމަށް ގެނައުމަކީވެސް ހުޅުވިފައިވާ މަގެއް ކަމަށް ސިފަކުރިއެވެ.

ޗައިނާއަކީ ބިލިއަނުން މީހުން އުޅޭ ގައުމެއްކަމަށްވުުން އެތެރެކޮށް އެ ގައުމުގެ ބަދަލުވެ އިތުރުވަމުންދާ ޑިމާންޑަށް ކޭޓާރ ކުރުމުގެ ފުރުސަތު އޮތްއިރު އެ ގައުމުންވަނީ 16 ބައިވެރިޔަކާއިއެކު ފްރީޓްރޭޑް އެއްބަސްވުންތައް ގާއިމުކޮށްފައިކަމަށްވުމުން މެނުފެކްޗަރ ކުރެވޭކަން ޔަގީންކުރުމަށްފަހު، މާކެޓިންގް ކުންފުންޏެއް މެދުވެރިކޮށް ކަސްޓަމާރ ބޭސް އެއް ހޯދައި މުދާ ވިއްކުމާއި ހިސާބަށް ފަސޭހަކަމާއިއެކު ދެވޭނެކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.

މިގޮތުން ދިވެހިންނަށްވެސް އަމިއްލަ ޑިޒައިންތަކާއި ރަހަތަކުގެ އުފެއްދުންތައް ދުނިޔޭގެ އެހެނިހެން ގައުމުތަކާއި މީހުންނާއި ހިސާބަށް ފޮނުވާލުމުގެ މަގު ފަހިވެފައިވާއިރު، ރާއްޖޭން ބޭރުގައި މިކަންކަން ކުރުމުން ތިމާވެއްޓަަށް ކުރާ ނޭދެވޭ އަސަރުތަކުން ރާއްޖޭގެ ވެށި ސަލާމަތްކުރެވިގެންދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: