ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ މުވައްޒަފުންގެ އަދަދު 4،000އަށް ވުރެ މަތިކަމަށް ތުހުމަތުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކުންފުނިތައް ހިމެނޭހެން އެކި މަގާމުތަކުގައި ތިބި މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 4،500 އަށް އަރާފައިވާ ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ތުހުމަތުކޮށްފިއެވެ.

އެ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ކުރީފެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ މި އަހަރުގެ ފުރަތަމަ ކުއާޓަރަށް އެކަނި ބަލާއިރު ވެސް މުވައްޒަފުންގެ އަދަދު އަށް އިންސައްތަ އިތުރުވެފައިވާ ކަމަށެވެ. ސަރުކާރު ކުންފުނިތަކަށް 2500 ސިޔާސީ މުވައްޒަފުން އިތުރުކޮށްފައިވާ ކަމަށް ތުހުމަތުކޮށް އަމީރު ވިދާޅުވީ މުސާރައިގެ ޚަރަދު މަދުވެގެން 15 އިންސައްތަ ބޮޑުވެފައިވާ ކަމަށެވެ.

އަމީރު ވިދާޅުވީ ގައުމިއްޔަތުގެ ނަމުގައި ކޮލެޖެއް ހަދައި އެތަނަށް ބޮޑު މުސާރަ ދިނުމަށްފަހު 50 ކޮންސަލްޓެންޓުން ނަގާފައިވާ ކަމަށެވެ. އަދި ސިޔާސީ މަގާމުތަކަށް 2000 އަށް ވުރެ ގިނަ މީހުން ނަގާފައިވާ ކަމަށާ ކުންފުނިތަކަށް 2500 އަށް ވުރެ ގިނަ މީހުން ނަގާފައިވާ ކަމަށެވެ. މުސާރައަށް އެންމެ ބޮޑު ހަރަދެއް ކުރާ ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ ފެނަކަ، އެމްއޭސީއެލް، އަދި އެމްޓީސީސީ ކަމަށް ވެސް އެ ޕާޓީން ތުހުމަތު ކުރެއެވެ.

ސަރުކާރުން ސިޔާސީ މަގާމުތަކަށް ކުރާ ހޭދަތައް އަހަރެއްގެ މައްޗަށް ޖުމްލަ އެއް ބިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވޭކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހްމަދު ޝަމްހީދު ވެސް ވަނީ ދާދިފަހުން ވިދާޅުވެފައެވެ. ޝަމްހީދު ވިދާޅުވި ގޮތުގައި ދައުލަތުގެ ތެރެއިން ފެންނަނީ، ވަކި ބަޔަކަށް ނާޖާއިޒް ފައިސާ ހޯދައިދިނުމުގެ ގޮތުން ސިޔާސީ މަގާމުތައް ވެސް އިތުރު ކުރާ މަންޒަރެވެ. އަދި ސިޔާސީ މަގާމުތައް އިތުރުވެގެން ގޮސް، އޭނާގެ އަންދާޒާއަކީ އެ އަހަރަދުތައް ބިލިއަނަކަށް އަރާނެކަމަށް ޝަމްހީދު ވިދާޅުވި އެވެ.

އެމްޑީޕީން ބުނީ މި ސަރުކާރުން ކުރަންވީ ކަމަކީ ސިޔާސީ މަގާމުތަކުގެ އަދަދު ދަށްކޮށް، ރިކަރަންޓު ހަރަދު ކުޑަރުމެވެ.

މި ސަރުކާރުން ސިޔާސީ މުވައްޒަފުންގެ ގޮތުގައި ނަގާފައިވަނީ ކިހާ އަދަދެއްގެ މުވައްޒަފުން ކަމެއް އަދި މިހާތަނަށް ހާމަކޮށްފައިނުވާއިރު ހަރަދުކުޑަކުރުމުގެ ގޮތުން ސިޔާސީ މަގާމުުތައް މަދުކުރުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ.

އެމަނިކުފާނު ވިދާޅުވީ، ސަރުކާރުގެ ރިކަރެންޓް ހަރަދު ކުޑަކުރުމަށް އެކި ފިޔަވަޅު އެޅުމަށް ކަނޑައެޅިފައިވާކަމަށާއި އޭގެ ތެރޭގައި ސިޔާސީ މަގާމުތަކުގެ އަދަދުތައް މަދުކުރުމުގެ އިތުރުން އެކި މުނާސަބާތަކުގައި ބާއްވާ ހަފްތާތަކަށް ކުރާ ހަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުމަށް ވެސް ހިމަނާފައިވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: