ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ އަމާޒަކީ ދިވެހިރާއްޖޭގެ ޖީޑީޕީ 2028 ވަނަ އަހަރު 10 ބިލިއަން ޑޮލަރާ ހަމައަށް ގެންދިއުން: ޒަމީރު

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ބަޖެޓު ކޮމިޓީގައި ވާހަކަދައްކަވަނީ: ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސައްވުރު ކުރައްވަނީ މި ދަންނަވާލި ކަންކަން ހައްލުކުރުމަށް މިހާރު ވަޒީރުންގެ މަޖިލީހުން ފާސްކުރައްވާފައިވާ އިކޮނޮމިކް ރިފޯމް އެޖެންޑާ ތަންފީޒުކުރުމުގެތެރެއިން، ދިވެހިރާއްޖޭގެ ޖީޑީޕީ 2028 ވަނަ އަހަރު 10 ބިލިއަން ޑޮލަރާ ހަމައަށް ގެންދިއުންކަމަށް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހަޅުއްވަމުން ޒަމީރު ވިދާޅުވީ، މިދިޔަ އަހަރުތަކުގައި އެއްވެސް ޒިންމާދާރުކަމެއް ނެތި މާލިއްޔަތު ގެންގުޅެފައިވާތީ މި ސަރުކާރުން ހުރިހާކަމެއް އަލުން ފަށަން ޖެހިފައިވާކަމަށެވެ. ކޮވިޑު-19 އަށް ފަހު ވެސް ފައިސާ ޗާޕު ކުރަމުން ގޮސްފައި ވަނީ ޒަމީރު ވިދާޅުވި ގޮތުގައި، އެ ހާލަތެއް ނެތީސް ދައުލަތަށް އާމްދަނީ ލިބޭނެ އެއްވެސް ގޮތެއް ހޯދުމަކާއި ނުލަ އެވެ. ނަތީޖާއެއްގެ ގޮތުން އާމްދަނީގެ ގޮތުގައި ދައުލަތަށް ވަންނަ ފައިސާގެ ބޮޑު އަދަދެއް ދައްކަން ޖެހިފައި ވަނީ ޒަމީރު ވިދާޅުވި ގޮތުގައި ދަރަންޏަށެވެ.

ސަރުކާރުން ރައްޔިތުންނަށް ހިދުމަތް ދޭން ބަލާއިރު ކޮންމެ ދާއިރާއެއްވެސް އޮތީ އިންތިހާއަށް ދަށަށް ގޮސްފައިވަކަމާށާއި އެއީ އިޖްތިމާއީ ގޮތުން ނުވަތަ އަންހެނުންނާއި ކުޑަކުދިން އަދި އެންމެހައި ރައްޔިތުންގެ ހާލަތަށް ފަރުދީ ނަޒަރަކުން ބެލި ނަމަވެސް އޮތް ހަގީގަތްކަމަށް ޒަމީރު ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ މިހާރު އުފައްދާފައި ހުރި އެތައް ނިޒާމީ މައްސަލަތަކަށް ގައްލު ހޯދައިގެން ނޫން ގޮތަކަށް އިންސާފުވެރިކަމާއި އެކު ތިޔާގި ރައްކާތެރި ދިވެހިންގެ ރާއްޖެއަކަށް ވަސިލުވެވެން ނެތްކަމަށެވެ.

މި މައްސަލަތަކާއި ކަންބޮޑުވުންތައް ހައްލު ކުރުމުގެ ގޮތުން ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތައް ފާހަގަކުރައްވައި ޒަމީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސައްވުރު ކުރައްވަނީ ކެބިނެޓުން ފާސްކޮށްފައިވާ އިކޮނޮމިކް ރީފޯމް އެޖެންޑާ ތަންފީޒު ކުރުމުގެ ތެރެއިން ދިވެހި ރާއްޖޭގެ ޖީޑީޕީ 2028 ވަނަ އަހަރު 10 ބިލިއަން ޑޮލަރާއި ހަމައަށް ގެންދިއުން ކަމަށެވެ. އަދި އިގްތިސާދީ ހަރަކާތްތައް މިހާރު އެތުރިފައިވާ ގޮތް އަލުން ރުކުރުވާލައި ރާއްޖޭގެ އުތުރާއި ދެކުނަކީ މި ރިޔާސީ ދައުރު ނިމޭއިރު އިގްތިސާދީ މައި މަރުކަޒުތައްކަމުގައި ހެދުން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސައްވުރު ކުރައްވަނީ މި ދަންނަވާލި ކަންކަން ހައްލުކުރުމަށް މިހާރު ވަޒީރުންގެ މަޖިލީހުން ފާސްކުރައްވާފައިވާ އިކޮނޮމިކް ރިފޯމް އެޖެންޑާ ތަންފީޒުކުރުމުގެތެރެއިން، ދިވެހިރާއްޖޭގެ ޖީޑީޕީ 2028 ވަނަ އަހަރު 10 ބިލިއަން ޑޮލަރާ ހަމައަށް ގެންދިއުން.

މީގެއިތުރުން ރައްޖޭގެ އެކި ކަންކޮޅުތަކުގައި އާބަން ސެންޓަރުތައް ގާއިމުކޮށް ސަރަހައްދީ ތަރައްގީއަށް މަގުފަހި ކުރުމަކީ ވެސް ވެސް ރައީސް މުއިއްޒުގެ އެންމެ ބޮޑު އަމާޒުކަމުގައި ޒަމީރު ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ ދިވެހި ރާއްޖެއަކީ ތާއަބަދު ތެޔޮ އިމްޕޯޓުކޮށްގެން ރައްޔިތުންނަށް ބޭނުންވާ ކަރަންޓާއި އެހެނިހެން އަސާސީ ހިދުމަތްތައް ފޯރުކޮށްދޭ ގައުމެއްގެ ގޮތުގައި އޮންނަ އޮތުން ނިމުމަކަށް އަންނަން ޖެހޭ ކަމަށެވެ. އަދި އެއާއި އެކު އިޔަދަކުރުވަނި ހަކަތައާއި ދިމާއަށް ދިވެހިރާއްޖޭގެ ހަކަތައިގެ ވިއުގަ އަނބުރާލުމަކީ ހާސިލު ކުރަން ޖެހޭ އެންމެ މުހިންމު ލަނޑުދަނޑިކަމުގައި ފާހަގަކުރެއްވި އެވެ. އޭގެ ތޭރޭގައި އަންހެނުންނައި ޒުވާނުންނަށް ވަކިން ހާއްސަ އިސްކަމެއް ދީގެން ތައުލީމާއި ވިޔަފާރީގެ އިތުރު ފުރުސަތުތައް ހުޅުވާލުމުގެ ތެރެއިން ދިވެހިންނަކީ ފަންނުވެރި ބަޔަކަށް ހަދައި ދިވެހި އުފެއްދުންތަކާއި ހިދުމަތްތައް ދުނިޔޭގެ ބަޒާރަށް ނެރެން ބޭނުންވާކަމަށް ވިދާޅުވި އެވެ.

ސަރުކާރުން ތަސައްވުރު ކުރާ އިގްތިސާދީ ކުރިއެރުމާއި ގުޅޭގޮތުން ޒަމީރު ވިދާޅުވީ އަމާޒަކީ ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް އޭގެ މަންފާއާއި އެކު ހަމަހަމަކަމާއި އެކު ލިބޭނެ ފަދަ ކުރިއެރުމަކަށް މަސައްކަތް ކުރުން ކަމަށެވެ. އެގޮތުން ކުރީ ސަރުކާރުތަކުން ދިވެހީން ގެދޮރުވެރި ކުރުވުމަށް މަސައްކަތް ކުރި ނަމަވެސް މިއަދާއި ހަމައަށް އެއްވެސް ހައްލެއް ނުލިބުމުން އެކަމަށް ޒަމީރު ކަންބޮޑުވުންފާޅު ކުރެއްވި އެވެ.

މި ތަސައްވުރު ކުރުމަށް ހާސިލު ކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޒަމީރު ވިދާޅުވީ ގޮތުން ހީނަރުވެފައިވާ ފިސްކަލް ހާލަތެވެ. ސަރުކާރުން ހަރަދު ކުޑަ ކުރުމަށް ފިޔަވަޅު އެޅުން އަހަރުތަކެއް ވަންދެން ފަސްކޮށް ބޮޑެތި އަދަދުތަކުން ޑެފިސިޓް ވަޖެޓު ތަންފީޒު ކުރަމުން ގޮސްފައިވުމުގެ ނަތީޖާއަކީ ދައުލަތުގެ ދަރަނި އިތުރުވެ އާމްދަނާއި އާއި ބައްދަލު މިންވަރަކަށް ހަރަދުތައް ކުޑަ ކުރުމަކީ އެއްފަހަރައި ގިނަ ނިޒާމު ގެންނަން މަޖުބޫރުވުންކަމަށް ޒަމީރު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: