ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓު 2025: ސިވިލް ސާވިސްއާއި، ޝަރުއީ ދާއިރާގެ މުސާރަ ހާމަނައިޒް ކުރަން 500 މިލިއަން ރުފިޔާ

ވެލާނާގެއިން މުވައްޒަފުންތަކެއް ނުކުންނަނީ:/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސިވިލް ސާވިސް މުވައްޒަފުންގެ ޕޭހާމަނައިޒް ނުކުރާ ހުރިހާ މުވައްޒަފުންނާއި ޖުޑިޝަރީގެ މުވައްޒަފުންގެ މުސާރަތަކަށް ބަދަލު ގެނެސް އެއްހަމަ ކުރުމަށް ދައުލަތުގެ ބަޖެޓުގައި ހިމަނައިފި އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުވައްދެއްވަމުން ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ ސިވިލް ސާވަންޓުންނާއި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް ހާމަނައިޒް ކުރުމަށް 500 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާކަމަށެވެ. އަދި އެ ނޫން ހުރިހާ މުވައްޒަފުންގެ މުސާރަތަކަށް 2026 ވަނަ އަހަރު ބަދަލު ގެނައުމަށް ސަރުކާރުން ނިންމާފައިވާކަމަށް ވިދާޅުވި އެވެ.

މި ބަޖެޓުގައި ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން މިހާތަނަށް ޕޭ ހާމަނައިޒްކޮށްފައިނުވާ ހުރިހާ މުވައްޒަފުންނާއި، ޖުޑީޝަރީގެ މުވައްޒަފުންގެ މުސާރަތަކަށް ބަދަލުގެނެސް ހާމަނައިޒްކުރަން 500 މިލިއަން ރުފިޔާ ހިމަނާފައި ވާނެ. އަދި އެނޫން އެހެން ހުރިހާ މުވައްޒަފުންގެ މުސާރަތަކަށް 2026 ވަނަ އަހަރު ބަދަލުގެނައުމަށް ވަނީ ރާވާފައި.

ޕޭހާމަނައިޒް ސިޔާސަތުގެ ތެރެއިން މުސާރަތައް ބޮޑުކޮށްފައި ވަނީ ޓީޗަރުންނާއި ލެކްޗަރާއިން އަދި ސިއްހީ ދާއިރާގެ މުވައްޒަފުންގެ އިތުރުން ފުލުހުންނާއި ސިފައިންގެ އެވެ.

ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު 30،000 އިން މައްޗަށް އަރަ އެވެ. އަދި މިހާތަނަށް 46 މީހުންގެ މުސާރައަށް ވަނީ ބަދަލު ގެނެވިފަ އެވެ.

މި އަހަރުގެ ބަޖެޓުގައި މުވައްޒަފުންގެ މުސާރައަށް 12 ބިލިއަން ރުފިޔާ ކަނޑައެޅިއިރު، އަންނަ އަހަރުގެ ބަޖެޓުގައި މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި 13 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.

ސަރުކާރުގެ މުވައްޒަފުންގެ މުސާރަތައް އެއް ހަމަކުރުމަށް އެންމެ ފުރަތަމަ މަސައްކަތް ފެށުނީ 2022 ވަނަ އަހަރު އެވެ.

ފިނޭންސް މިނިސްޓްރީގެ އަމާޒަކީ 2026 ވަނަ އަހަރު ހުރިހާ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަތައް ހާމަނައިޒް ކުރުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: