ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާރު އެންމެ މުއްސަނދި މީހާއަށް ވެސް ސަބްސިޑީ ލިބޭ، އެއީ ރައްޔިތުން ބޭނުންވާ ގޮތެއް ނޫން: ސާއިދު

ފިނޭންސް މިނިސްޓްރީގެ، ޑެޕިއުޓީ މިނިސްޓަރ އަހުމަދު ސާއިދު މުސްތަފާ ”ޕީއެންސީ ބަޖެޓު ސައްލާ“ ގައި ވާހަކަ ދައްކަވަނީ/ ފޮޓޯ: ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު އޮތް ގޮތުން އެންމެ މުއްސަނދި މީހާއަށް ވެސް ސަބްސިޑީ ލިބޭއިރު، މި ހިދުމަތް މުރާޖައާ ކުރުމަށް ކުރީގެ ސަރުކާރުތަކުން އެއްވެސް މަސައްކަތެއްކޮށްފައި ނެތްކަމަށް ފިނޭންސް މިނިސްޓްރީގެ، ޑެޕިއުޓީ މިނިސްޓަރ އަހުމަދު ސާއިދު މުސްތަފާ ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓުގައި ޖުމްލަކޮށް ފާހަގަކޮށްފައި ވަނީ، ރާއްޖޭގެ މާލީ ހާލަތު ހުރި ގޮތުން އަރައިގަނެ ގައުމުގެ ތަރައްގީއަށް މިވަގުތު ކުރިޔަށް ގެންދަން ހުރި މަޝްރޫއުތަކެވެ.

ސަރުކާރުން ތަސައްވުރު ކުރާ އިގްތިސާދީ ކުރިއެރުމާއި ގުޅޭގޮތުން ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ އަމާޒަކީ ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް އޭގެ މަންފާއާއި އެކު ހަމަހަމަކަމާއި އެކު ލިބޭނެ ފަދަ ކުރިއެރުމަކަށް މަސައްކަތް ކުރުން ކަމަށެވެ. އެގޮތުން ކުރީ ސަރުކާރުތަކުން ދިވެހީން ގެދޮރުވެރި ކުރުވުމަށް މަސައްކަތް ކުރި ނަމަވެސް މިއަދާއި ހަމައަށް އެއްވެސް ހައްލެއް ނުލިބުމުން އެކަމަށް ޒަމީރު ކަންބޮޑުވުންފާޅު ކުރެއްވި އެވެ.

ބަޖެޓުގައި ސަމާލުކަން ދީފައިވާ ބައެއް ދާއިރާތައް ވެސް ހިމެނޭއިރު، އެކަމާއި ގުޅޭ މައުލޫމާތުތައް ދިނުމަށް ކުރިޔަށް ގެންދާ ”ޕީއެންސީ ބަޖެޓު ސައްލާ“ ޕްރޮގްރާމުގައި ސާއިދު ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ދޭއިރު، އެންމެ ބޭނުން ޖެހިފައިވާ މީހާއަށް ފައިދާވާނެ ގޮތެއްގެ މަތީން ކުރިޔަށް ދާނެގޮތް ސަރުކާރަށް އެނގޭ ކަމަށެވެ.

އެއްވެސް އުސޫލެއް ނެތް ގޮތަށް ހަރަދު ކުރުމުގެ ސިޔާސަތު ގެންގުޅެފައި ހުރުމުގެ ސަބަބުން، ހަރަދުތައް މިވަގުތު އެތުރިފައި ވަނީ ސާއިދު ވިދާޅުވި ގޮތުގައި އިޖްތިމާއީ ހާލަތު އެއްކޮށް ހަލާކުވެގެންދާ ގޮތަކަށެވެ. އެގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް ފޯރުންތެރި އަގެއްގައި ސަރުކާރުން އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަނޑައަޅާފައި ވާތީ އެ ކުންފުނިތަކަށް ވަމުންދާ ގެއްލުންތައް ފޫބެއްދުމަށް ޒަމާންތަކެއް ވަންދެން ދެމުން އައި ސެބްސިޑީ ސާއިދު ފާހަގަކުރި އެވެ.

ސަބްސިޑީގެ ނިޒާމު އެތުރިފައިވާ ގޮތަކީ، ރައްޔިތުން އެންމެ އެދޭ ގޮތަށް އޮތް ހިދުމަތެއް ތޯ ސުވާލު އުފައްދަވައި ސާއިދު ވިދާޅުވީ މިހާރު އޮތް ގޮތުން އެންމެ މުއްސަނދި މީހާއަށް ވެސް ސަބްސިޑީ ލިބޭ ކަމަށެވެ. އަދި އެންމެ ނިކަމެތި މީހާއާއި، ފުދުންތެރިކޮށް އުޅޭ މީހާއަށް ލިބެނީ ވެސް އެއް ހިދުމަތެއްކަން ފާހަގަކުރި އެވެ.

ސާއިދު ވިދާޅުވީ ސަބްސިޑީ މުރާޖައާ ކުރަން ޖެހޭކަން ސަރުކާރުތަކުން ގަބޫލު ކުރިނަމަވެސް، އެކަމަށް ކުރަންވީ މަސަައްކަތަކީ ކޮބައިކަމާއި އަޅަންވީ ފިޔަވަޅުތައް އެއްވެސް ސަރުކާރަކުން ދެނެގަނެ ތަންފީޒު ކުރުމަށް މަސައްކަތްކޮށްފައި ނުވާކަމަށެވެ.

މިގޮތުން ސަބްސިޑީގެ ހަރަދުތަކަށް ބަލާއިރު ތެލާއި ކަރަންޓަށް ތިން ބިލިއަން ރުފިޔާ އަހަރުން އަހަރަށް އެބަ ދޭ ނަމަވެސް އެންމެ ނިކަމެތި މީހާއަށް ލިބޭ މީހާއަށް ވެސް ލިބޭ ބީދައިން އެންމެ މުއްސަނދި މީހާއަށް ވެސް ފުދުންތެރި ފަރާތްތަކަށް ވެސް ފައިދަ ލިބެމުން އާދޭ މިއީ އެއްވެސް މީހަކު ގަބޫލު ކުރާނެ ގޮތެއް ނޫން. ކުރިން އޮތީ ތަންފިޒު ނުކުރެވި

މީގެއިތުރުން އާސަންދައިގެ ރީފޯމް ވެސް ފާހަގަކޮށް ސާއިދު ވިދާޅުވީ ސަރުކާރުގެ ފިޔަވަޅުތަކާއި އެކު ހަރަދުތަކަށް އަންނަ ބޮޑެތި ބަދަލުތައް ކޮންޓްރޯލް ކުރެވިގެން ދާނެކަމަށެވެ.

މިއީ އިންޓަނޭޝަނަލް މަނިތަރީ ފަންޑުގެ އިރުޝާދުގެ ދަށުން ހުށަހަޅާ ފުރަތަމަ ބަޖެޓުކަމަށް ވެސް ސާއިދު ވިދާޅުވި އެވެ.

ސަބްސިޑީގެ ހިދުމަތާއި ގުޅޭގޮތުން ބަޖެޓު ހުށަހަޅުއްވަމުން، ޒަމީރު ވިދާޅުވެފައި ވަނީ ދިވެހި ރާއްޖެއަކީ ތާއަބަދު ތެޔޮ އިމްޕޯޓުކޮށްގެން ރައްޔިތުންނަށް ބޭނުންވާ ކަރަންޓާއި އެހެނިހެން އަސާސީ ހިދުމަތްތައް ފޯރުކޮށްދޭ ގައުމެއްގެ ގޮތުގައި އޮންނަ އޮތުން ނިމުމަކަށް އަންނަން ޖެހޭ ކަމަށެވެ. އަދި އެއާއި އެކު އިޔަދަކުރުވަނި ހަކަތައާއި ދިމާއަށް ދިވެހިރާއްޖޭގެ ހަކަތައިގެ ވިއުގަ އަނބުރާލުމަކީ ހާސިލު ކުރަން ޖެހޭ އެންމެ މުހިންމު ލަނޑުދަނޑިކަމުގައި ފާހަގަކުރެއްވި އެވެ. އޭގެ ތޭރޭގައި އަންހެނުންނައި ޒުވާނުންނަށް ވަކިން ހާއްސަ އިސްކަމެއް ދީގެން ތައުލީމާއި ވިޔަފާރީގެ އިތުރު ފުރުސަތުތައް ހުޅުވާލުމުގެ ތެރެއިން ދިވެހިންނަކީ ފަންނުވެރި ބަޔަކަށް ހަދައި ދިވެހި އުފެއްދުންތަކާއި ހިދުމަތްތައް ދުނިޔޭގެ ބަޒާރަށް ނެރެން ބޭނުންވާކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: