ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ވަނީ ބްލޮކް ގްރާންޓުގެ ގޮތުގައި ކައުންސިލްތަކަށް ދޭން ޖެހޭ އަދަދު ކުޑަކޮށްފައި: ނާޒިލް

އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ކައުންސިލްތައް ބާރުވެރި ކުރުވުމަށް އެމްޑީޕީ ލާމަރުކަޒީ ގާނޫނުން ބާރުތައް ދީ، ބްލޮކް ގްރާންޓުތައް ދޫކުރާ ގޮތަށް ހަމަޖެއްސުމުން މި ސަރުކާރުން އެ އަދަދު ކުރީ އަހަރުތަކަށް ވުރެ އެތައް ގުނައެއް ކުޑަކޮށްފައިވާކަމަށް އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ހަރުގެ ޖަލްސާގައި ނާޒިލް ވިދާޅުވީ ބަޖެޓު ހުށަހަޅަން ޖެހޭ ގޮތް ގާނޫނުއަސާސީގައި ވަރަށް ސާފުކޮށް ލިޔެފައިވީ ނަމަވެސް ފިނޭންސް މިނިސްޓަރ އަމަލު ކުރެއްވީ އެ އިޖުރާއަތްތަކުގެ ތެރެއިން ނޫންކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ބަޖެޓު ހުށަހަޅުއްވަން ވާނީ، އެކަމުގެ ހުރިހާ ތަފްސީލެއް މެމްބަރުންނަށް ފޯރުކޮށްދީކަމަށް ގާނޫނުގައި އޮތް ނަމަވެސް އަދި އެއްވެސް މައުލޫމާތެއް ނުލިބޭކަމަށް ނާޒިލް ވިދާޅުވި އެވެ.

ނާޒިލް ވިދާޅުވީ ކުރިޔަށް އޮތް އަހަރަށް ބަޖެޓު ހުށަހަޅާއިރު، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގާނެ ގޮތް ގާނޫނުގައި ލިޔެވިފައިވާކަމަށެވެ.

ގާނޫނުއަސާސީގެ އަށްވަނަ ބާބުގެ 238 ވަނަ މާއްދާގައި އެބައޮތް މި ރައްޔިތުންގެ މަޖިލީހަށް މި ހުށަހެޅޭ ބަޖެޓު އެއިން ކޮންމެ އަހަރަކަށް ކުރިޔަށް އޮތް އަހަރަށް ހުށަހެޅޭ ބަޖެޓަށް ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ކައުންސިލްތައް ހިންގާނެ ގޮތާއި، ތަފްސީލު އެބައޮތް..

އެމްޑީޕީގެ ސަރުކާރުގައި ލާމަރުކަޒީ ގާނޫނަށް މުހިންމު އިސްލާހުތަކެއް ގެނެސްފައިވާނެކަން ފާހަގަކުރައްވައި ނާޒިލް ވިދާޅުވީ، މިނިވަންކަމާއި އެކު ހިންގޭނެ ހުރިހާ ގޮތެއް ކައުންސިލްތަކަށް ހޯދައިދީފައިވާނެކަމަށެވެ. އަދި ވިދާޅުވީ ކައުންސިލްތަކަށް ދޭން ޖެހޭނެ ބަޖެޓު ގާނޫނުގައި ބަޔާންކޮށްފައިވާކަމަށާއި، ބްލޮކް ގްރާންޓުގެ ގޮތުގައި ބަޖެޓުގެ 05 އިންސައްތަ ދޭން ޖެހޭނެކަމަށް ލިޔެފައިވާނެކަމަށެވެ.

އެހެން ނަމަވެސް މިއަދު މި ހުށަހެޅުނު ބަޖެޓުގައި، އެ އެތިކޮޅު ކާލައިފި.. އެ ކާލައިފި..

ނާޒިލް ވިދާޅުވީ މި އަހަރަށް ފާސްކުރި ބަޖެޓަކީ 49.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ނަމަވެސް، އަންނަ އަހަރަށް ހުށަހަޅާފައި ވަނީ 07 ބިލިއަން އިތުރުކޮށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށެވެ. ދިހަ އިންސައްތައިގެ އިތުރުވުމެއް ބަޖެޓެއް އައިއިރު، މިދިޔަ ހަފްތާގެ ތެރޭގައި ހަރަދުތައް ބޮޑުވުމުގެ ސަބަބުން ސަޕްލިމެންޓްރީ ބަޖެޓެއް މި އަހަރަށް ފާސްކުރިކަން ނާޒިލް ފާހަގަކުރި އެވެ.

ނާޒިލް ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން ޖެހުނު ގޮތާއި، ދައުލަތު ބަޖެޓުން 49 ހޭދަ ކުރި ގޮތުގެ އެއްވެސް ތަފްސީލެއް ފޯރުކޮށްދީފައި ނުވާކަމަށެވެ. އަދި ފެންނާން ހުރި ހަރަދުތަކުގެ އިތުރަށް 31 ބިލިއަން ރުފިޔާއަށް ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: