ޓޫރިސްޓު ވިސާގެ ގަވައިދާ ހިލާފުވި ދެ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން މައުލޫމާތު ދޭގޮތުގައި، އެ މުވައްސަސާގެ ބެލުމުގެ ދަށަށް ގެންދިޔަ 2 ބިދޭސީންނަކީ ޓޫރިސްޓް ވިސާގެ މުއްދަތު ހަމަވެ، ހުއްދަނެތި ވިޔަފާރި ކުރަމުން ދިޔަ މީހުންނެވެ. ހަމައެއާއި އެކު އާންމުތަންތާގައި ގަވާއިދާއި ހިލާފަށް އުޅެމުންދިޔަ ކަމަށްވެސް އިމިގްރޭޝަނުން މައުލޫމާތު ދިނެވެ.

ހައްޔަރުކުރި ދެ ބިދޭސީން ޑީޕޯޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
ގަވައިދާ ހިލާފަށް މިފަދަ ވިޔަފާރި ކުރަމުންދާ ބިދޭސީން ފާހަގަކުރެވޭނަމަ، އެ މައްސަލަތައް އިމިގްރޭޝަން ވޮޗްއަށް ރިޕޯޓު ކުރުމަށް އިމިގްރޭޝަނުން ވަނީ އެދިފައެވެ.

