ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމާޒަކީ ދެ އަހަރު ތެރޭގައި ހުރިހައި ރަށެއްގައި ޒަމާނީ ކުނިކޮށި ގާއިމްކޮށް ގޮނޑުދޮށް ހިމާޔަތްކޮށް ނިންމުން: ރައީސް

ރައީސް ޑރ މުހައްމަދު މުއިއްޒު: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޒަމާނީ ކުނިކޮށިތައް ގާއިމުކޮށް، ގޮނޑުދޮށްތައް ހިމާޔަތްކޮށް ނިންމުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރައީސް އޮފީހުން ގެނެސްދޭ ”ދަ ޕަލްސް“ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުން މަޝްރޫޢުތައް ކުރިއަށް ގެންދަނީ ތަރައްޤީއާއި ތިމާވެށި ގުޅިލާމެހިގެންދާނެ ގޮތަކަށް ކަމަށެވެ. މި މަސައްކަތްތަކުގެ ތެރެއިން ރާއްޖެ ފެހިކުރުމުގެ ބޮޑު މަޝްރޫޢެއް ކާމިޔާބުކަމާއެކު ނިންމުމާއި، އިޔާދަކުރަނިވި ހަކަތައިގެ 33 އިންސައްތައިގެ އަމާޒު ހާސިލްކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ބިން ހިއްކުމުގެ މަޝްރޫޢުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބިން ހިއްކުމަކީ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. ނަމަވެސް އެ މަސައްކަތް ކުރަންވާނީ ތިމާވެށި ހިމާޔަތްކުރެވޭނެ ގޮތަކަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

”އަޅުގަނޑުމެން ރަސްމާލެ ހިއްކާއިރުގައި އަޅުގަނޑުމެން އެބަ ހިންގަން މުރަކަ އާލާކުރުމުގެ ޕްރޮގްރާމުތައް އަދި އެހެންތަނެއްގައި މުރަކަ އިންދުމާއި، އެހެންގޮސް ތަރައްޤީއާއި ތިމާވެއްޓާއި އެކުއެކީގައި ގުޅިލާމެހިގެންދާނެ ގޮތަކަށް އަޅުގަނޑުމެން މި މަޝްރޫޢުތައް ކުރިއަށް ގެންދަން ބޭނުންވަނީ،“ ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ބިން ހިއްކުމުގެ ސަބަބުން އެންވެރިކަމަށް ކުރާ އަސަރުތައް ކުޑަކުރުމަށްޓަކައި، އެންވެރިކަން އިޔާދަކުރެވޭނެ ޕްރޮގްރާމުތައް ހިންގުމަކީވެސް ސަރުކާރުގެ އަމާޒެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މި ސަރުކާރުން ތިމާވެށީގެ ވާހަކަ ދައްކަނީ ނަތީޖާ ނެރެވޭނެ އަދި ވަށާޖެހޭ ގޮތަކަށެވެ.

ރައީސް ވިދާޅުވީ ތިމާވެށި ޙިމާޔަތްކުރުމުގައި ދުނިޔޭގެ އެހެން ޤައުމުތަކަށް ރާއްޖެއަކީ ނަމޫނާ ދައްކާނެ ޤައުމަކަށް ވާނެ ކަމަށެވެ. މި ހުރިހާ މަސައްކަތްތަކެއްވެސް ބައްޓަން ކުރެވިފައިވަނީ ރާއްޖޭގެ މުސްތަޤުބަލަށްޓަކައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: