ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ށ. ފުނަދޫގައި އިސްރަށްވެހިންގެ ހިޔާވަހި ގާއިމުކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި

ފޮޓޯ އެމްޓީޓީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ށ. ފުނަދޫގައި އިސްރަށްވެހިންނަށް ޚާއްޞަ ހިޔާވަހެއް ބިނާކުރުމުގެ މުހިންމު މަޝްރޫޢު މިއަދު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، މި މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިބްރާހިމް އިސްމާޢީލް ޢަލީއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިޔުޓީ މެނޭޖިންގް ޑައިރެކްޓަރ އަޙްމަދު މުބީންއެވެ.

މި މަޝްރޫޢުގެ ދަށުން ފުނަދޫގައި ބިނާކުރުމަށް ހަމަޖެހިފައިވަނީ 40 މީހުންގެ ޖާގައިގެ، ދެ ފަންގިފިލާގެ ޢިމާރާތެކެވެ. މި ޢިމާރާތުގައި އިސްރަށްވެހިންނަށް ބޭނުންވާ ސިއްޙީ ޚިދުމަތްދޭ ތަނަކާއި، އިދާރީ އޮފީހެއްގެ އިތުރުން ޒަރޫރީ އެކި ޚިދުމަތްތައް ދިނުމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމުކުރެވޭނެއެވެ. މީގެ އިތުރުން، އިސްރަށްވެހިންގެ ދުޅަހެޔޮކަމަށް ޓަކައި ރިކްރިއޭޝަން ހަރަކާތްތައް ހިންގާނެ ޚާއްޞަ ސަރަހައްދެއްވެސް މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރެވޭނެއެވެ.

ޖުމްލަ 37.46 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 360 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

4,186 މީހުންގެ އާބާދީއެއް އޮންނަ ފުނަދޫގައި މިފަދަ މަރުކަޒެއް ޤާއިމުކުރުމަކީ ރަށުގެ އިސްރަށްވެހިންނަށް ރަށުގައި ތިބެގެން ފުޅާ ދާއިރާއެއްގައި ސިއްޙީ ފަރުވާ ލިބުމަށް މަގުފަހިވެގެންދާނެ ކަމެކެވެ.

1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީން ވޭތުވެދިޔަ 45 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ އަދި އިޖުތިމާޢީ ތަރައްޤީގެ ގިނަގުނަ މަޝްރޫޢުތަކެއް ވަނީ ކާމިޔާބުކަމާއެކު ނިންމާފައެވެ. މި މަޝްރޫޢަކީވެސް ރާއްޖޭގެ އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: