ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނުގެ ވެރިކަން ކުރަން ސަރުކާރުން ދަސްކުރަން ޖެހޭ: ޝާހިދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު
ޝެއާރކޮށްލާ ކަހަލަދޯ؟

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީގެ ގޮނޑި ގެއްލުވާލީ އިޖުރާއަތުތައް ފުރިހަމަނުކޮށް ކަމަށާއި ގާނޫނުގެ ވެރިކަން ކުރަން ސަރުކާރުން ދަސްކުރަން ޖެހޭކަމަށް އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވެފައިވަނީ ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމުން އޭނާގެ މަގާމު ގެއްލިފައިވާކަމަށް ލޯކަލް ގަވަމަންޓު އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައަޅެމާއި ގުޅިގެންނެވެ.

ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންތިޚާބީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ގޮނޑި ގެއްލިއްޖެތޯ ނުވަތަ ނޫންތޯ ކަނޑައަޅަން ގާނޫނީ އިޖުރާއަތްތަކެއް ކަނޑައެޅިފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ ކަންކަން ފުރިހަމަނުކޮށް، ރައްޔިތުންގެ ނިންމުމަށް އިހުތިރާމްނުކޮށް ޝުޖާއުއަކީ އެމްޑީޕީގެ މެންބަރަކަށް ވީތީ ސިޔާސީ ކުލަޖެހިފައިވާ ފިޔަވަޅެއް އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

”ގާނޫނުގެ ވެރިކަން ކުރަން ސަރުކާރުން ދަސްކުރަން ޖެހޭ.، އެމްޑީޕީގެ މެންބަރަކަށް ވީތީ ސިޔާސީ ކުލަ ޖެހިފައިވާ ފިޔަވަޅު އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން“ ޝާހިދު

މީގެ އިތުރުން ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާޢު މަގާމުން ވަކިވެއްޖެކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީއިން އަންގާފައިވާ އެންގުން އަނބުރާ ގެންދިއުމަށް ގޮވާލާ ޝާހިދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު މި އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ތިނަދޫގެ ރައީސްކަމަށް އިންތިޚާބުވުމަށްފަހު ދައުރު ފެށުނު ފަހުން އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި 2026 މޭ 19ގައި އިލްކެޝަންސް ކޮމިޝަނުގައި ދަފްތަރުވެފައިވާކަން އީސީން އެލްޖީއޭއަށް އަންގާފައިވެއެވެ.

ލާމަރުކަޒީ ގާނޫނުގެ 116 ވަނަ މާއްދާގެ (ޅ)ގައި ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން ކައުންސިލަށް އިންތިޚާބުވުމަށްފަހު އެ އިންތިޚާބުވި ދައުރުގެ ތެރޭގައި އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި އީސީގައި ދަފްތަރު ވެއްޖެނަމަ އެ މެމްބަރެއް މަގާމުން ވަކިވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށް އެލްޖީއޭއިން ވަނީ ބުނެފައެވެ.

އެހެންކަމުން އެލްޖީއޭއިން ވަނީ ޝުޖާއު އިންތިހާބުވި ޕާޓީ ނޫން އެހެން ޕާތީއެއްގެ މެމްބަރެއްގެ ގޮތުގައި އީސީގައި ދަފްތަރުވެފައިވާތީ އޭނާ މަގާމުން ވަކިވެއްޖެ ކަމަށް ކަނޑައަޅައި ވ. ތިނަދޫގެ ރައީސްގެ މަގާމު ހުސްވެފައިވާކަން އީސީއަށް އެންގުމަށް ޖޫން 30ގައި އެލްޖީއޭއިން ބޭއްވި ބޯޑުގެ ބައްދަލުވުމުން ނިންމާއެވެ.

ޝުޖާއު ތިނަދޫގެ ރައީސްގެ މަގާމަށް އިންތިޚާބުވީ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކޮށްގެންނެވެ. އެހެންނަމަވެސް ޖޫން 4 ވަނަ ދުވަހު ދަ ޑިމޮކްރެޓްސް އުވާލީ އެޕާޓީގައި 3000 މެންބަރުން ހަމަނުވާތީއެވެ. އީސީގެ ތަފާސްހިސާބުތަކަށް ބަލާއިރު އެ ޕާޓީގައި އޭރު ތިބީ 2952 މެންބަރުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: