ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތުރުވެރިކަމުގެ ބޭނުމަށް، އައްޑޫ ސިޓީގެ އިހުތިސާސުން ސަވާހެލި ވަކިކުރައްވައިިފި

އައްޑޫ ސިޓީ ސަވާހެލި
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީގެ އިހުތިސާސުގެ ތެރޭގައި ހިމެނޭ ”ސަވާހެލި“ އެ ސިޓީގެ އިހުތިސާސުން ވަކިކުރައްވައި، ފަތުރުވެރިކަމުގެ ބޭނުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.

މި ނިންމެވުމަކީ އައްޑޫ ސިޓީގެ ފަތުރުވެރިކަން ފުޅާކޮށް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ނިންމެވި ނިންމެވުމެކެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބަދަލު ގެންނަވާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ. ސަވާހެލި އަކީ އައްޑޫ ސިޓީގެ ފޭދުއާއި މަރަދޫފޭދޫއާ ދެމެދު އޮންނަ ސަރަހައްދެކެވެ.

އައްޑޫގެ ފަތުރުވެރިކަން ތަރައްގީކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، އައްޑޫ ހަންކެޑެ ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާރުގެ ވަކި ކުންފުންޏެއްވެސް މިހާރު ވަނީ އުފައްދަވާފައެވެ.

މި ފިޔަވަޅުތަކާއެކު އައްޑޫ ސިޓީގައި ފަތުރުވެރިކަމުގެ އެނދުތައް އިތުރުވެ، ސަރަހައްދީ އިގްތިސާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ. ސަވާހެލި ފަތުރުވެރިކަމަށް ހަމަޖެއްސެވުމަކީ މި އަމާޒަށް ވާސިލުވުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: