ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޕެޝަލިސްޓް ތަމްރީނުތަކަށްފަހު މި އަހަރު 16 ޑޮކްޓަރަކު އައިޖީއެމްއެޗާއި ދަރުމަވަންތައާ ގުޅިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގައި ހިމެނޭ ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗްގައި ޚިދުމަތްކުރުމަށް މި އަހަރުގެ މިހާތަނަށް ދިވެހި 16 ޑޮކްޓަރުން ސްޕެޝަލިސްޓު ތަމްރީނުތަކަށްފަހު ހޮސްޕިޓަލާއި ގުޅިއްޖެއެވެ.

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗާއި ގުޅިވަޑައިގެންނެވި ޑޮކްޓަރުންގެ ތެރޭގައި ރާއްޖެއަށް މުޅިން އަލަށް ތައާރަފުވާ ބައެއް ދާއިރާތަކުން ތަމްރީނުވި ސްޕެޝަލިސްޓުންނާއި ސަބް ސްޕެޝަލިސްޓުން ހިމެނިވަޑައިގަންނަވާކަން ފާހަގަކުރައްވާ އެފަރާތްތަކަށް މަރުޙަބާ ދަންނަވާފައެވެ.

ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗާ ގުޅިވަޑައިގެންނެވި ޑޮކްޓަރުންގެ ތެރޭގައި ރާއްޖެއަށް މުޅިން އަލަށް ތައާރަފުވާ ބައެއް ދާއިރާތަކުން ތަމްރީނުވި ސްޕެޝަލިސްޓުންނާއި ސަބް ސްޕެޝަލިސްޓުން ހިމެނިވަޑައިގަންނަވައެވެ.

އޭގެ ތެރޭގައި ނިއުރޯ އިންޓަވެންޝަނަލް ރޭޑިއޮލޮޖީ، ޕީޑިއަޓްރިކް ޑެންޓިސްޓްރީ، ނިއޯނަޓޮލޮޖީ އަދި ކްލިނިކަލް ހެމަޓޮލޮޖީ ހިމެނެއެވެ. މީގެ އިތުރުން، ހަލީމް ފާހަގަކުރެއްވި ގޮތުގައި ކަށީގެ ބަލިތަކާއި އެތެރެހައްޓާއި ރޭޑިއޮލޮޖީއާއި އީއެންޓީ ފަދަ މުހިއްމު ދާއިރާތަކުން އިތުރު ޑޮކްޓަރުން ވަނީ ހޮސްޕިޓަލާ ގުޅިވަޑައިގެންފައިވެއެވެ.

ސިއްހީ ދާއިރާ ހަރުދަނާ ކުރެއްވުމަށާއި، ރައްޔިތުންނާ ގާތުން ފެންވަރު ރަނގަޅު ހިދުމަތްތައް ފޯރުކޮށްދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ތަސައްވުރާ އެއްގޮތަށް، ކާޑިއޯތޮރެސިކް އެންޑް ވެސްކިޔުލަރ ސާޖަރީ، އިންޓަރވެންޝަނަލް ރޭޑިއޮލޮޖީގެ ހިދުމަތް ތައާރަފްކުރުމާއި ހިތުގެ ފަރުވާއާއި ނާރުގެ ފަރުވާ އިތުރަށް ފުޅާކުރުމަށް ޓަކައި ޒަމާނީ ހިދުމަތްތައް މިއަހަރު ފެށިގެންދާނެކަމަށާއި މިއީ ސިއްހީ ފަރުވާއަށް ރާއްޖެއިން ބޭރަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ހަލީމް ވަނީ ދިވެހިރާއްޖޭގެ ސިއްހީ ދާއިރާ އިތުރަށް ހަރުދަނާކުރައްވައި، ކުރިން ރާއްޖެއިން ލިބެން ނެތް ގިނަ ހިދުމަތްތަކެއް ރާއްޖެއިން ލިބޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށް ރައީސް ޑރ. މުއިއްޒު ގެންގުޅުއްވާ ދުރުވިސްނުންފުޅަށާއި، މި ދާއިރާއަށް ދެއްވާ ހާއްސަ އިސްކަމަށް ޓަކައި އެމަނިކުފާނަށް ޝުކުރު ދަންނަވާފައެވެ. އަދި މާލޭގެ ހޮސްޕިޓަލުތަކުގައި މަސައްކަތްކުރާ ހުރިހާ ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ ހިދުމަތްތެރިންނާއި ސަޕޯޓު މުވައްޒަފުންނާއި އިދާރީ މުވައްޒަފުން ކުރާ މަސައްކަތް ފާހަގަކުރައްވައި، ހޮސްޕިޓަލުތަކުން ހިދުމަތް ހޯދާ އާންމުންނަށް މިހާރަށް ވުރެ ބޮޑަށް އަޅާލުމާއި ހިތްހެޔޮކަމާއި އޯގާތެރިކަމާއެކު ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދޭން މަސައްކަތްކުރުމަށް އިލްތިމާސްކުރައްވައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: