ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ވަކިކޮށްފި

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރަކު ކަމަށް މަހީރާ އައްޔަން ކުރެއްވުމަށް ފަހު މަގާމުގެ ލިޔުން ރައީސް މުހައްމަދު މުއިއްޒު ހަވާލުކޮށް ދެއްވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ފާތިމަތު މަހީރާ މުހައްމަދު އެ މަގާމުން ވަކިކޮށްފިއެވެ. މަހީރާ މަގާމުން ވަކިކުރިކަން މިހާރު ވަނީ ކަށަވަރުވެފައެވެ.

މަހީރާ މަގާމުން ވަކިކުރި ސަބަބެއް ރަސްމީ އެއްވެސް އިދާރާއަކުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، ޓްރައިބިއުނަލްގެ ރަސްމީ ވެބްސައިޓުން މިހާރު ވަނީ އޭނާގެ މައުލޫމާތުތައް އުނިކޮށްފައެވެ.

މަހީރާ މި މަގާމުން ވަކިކޮށްފައި މިވަނީ، ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްގެ މަގާމަށް އަމްޖަދު މުސްތަފާ އައްޔަންކުރެއްވުމާ ގުޅިގެންނެވެ. އަމްޖަދު މުސްތަފާ އެ މަގާމަށް އައްޔަންކުރެއްވުމާއެކު ޓްރައިބިއުނަލްގެ ހިންގުމަށް ވަނީ ބަދަލުތަކެއް އަންނަން ފަށާފައެވެ.

ފާތިމަތު މަހީރާ މުހައްމަދަކީ 2022 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސްގެ މަގާމަށް އައްޔަންކުރެވުނު ބޭފުޅެކެވެ. އޭނާ އެ މަގާމުން ވަކިކުރިއިރު، ޓްރައިބިއުނަލްގެ މެންބަރުން އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު ގާނޫނީގޮތުން ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: