ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިންގަޕޫރު ފެންވަރުގެ ގޯ ކާޓް އެރީނާއެއް އަޅާނަން: ރައީސް

ސިންގަޕޫރުގައި ހުންނަ 1 ޓާފް ކްލަބް އެވެނިއު
ޝެއާރކޮށްލާ ކަހަލަދޯ؟

ސިންގަޕޫރު ފަދަ ތަރައްގީވެފައިވާ ގައުމުތަކުގައި ހުންނަ ފެންވަރުގެ ބައިނަލްއަގުވާމީ އިންޑޯ ގޯ ކާޓް އެރީނާއެއް ހުޅުމާލޭގައި ތަރައްގީކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި ހުޅުމާލެއިން ބިން ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، މި ދައުރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ޒަމާނީ ފެންވަރުގެ ފިޓްނަސް ރެކްރިއޭޝަން މަރުކަޒުތަކާއި އައުޓްޑޯ ޖިމްތައް ގާއިމުކޮށް ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ. މިއީ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ މުހިންމު ބައެކެވެ.

ރައީސް އިތުރަށް ވިދާޅުވީ، އާބާދީގައި 2،000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ 25 ރަށެއްގައި، 1،200 މީހުންނަށް އެއްފަހަރާ ކުޅިބަލަން ތިބެވޭ ފެންވަރުގެ ބޮޑެތި ސްޕޯޓްސް ކޮމްޕްލެކްސްތައް ބިނާކުރާނެ ކަމަށެވެ. މި މަޝްރޫއުތަކުގެ ސަބަބުން ރަށްރަށުގައި ތިބި ކުޅިވަރުގެ ހުނަރުވެރިންނަށް ފުރުސަތުތައް ފަހިވެގެންދާނެއެވެ.

މި ދައުރުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ އެހެނިހެން މުހިންމު މަޝްރޫއުތަކުގެ ތެރޭގައި ރޭސިން ޓްރެކް، ސާފިން ސްޓޭޑިއަމް، ބޯލިން އެރީނާ އަދި ނެޓްބޯލް އާއި ފުޓްސަލް ކޮމްޕްލެކްސްތައް ހިމެނެއެވެ. މި ވަސީލަތްތަކަކީ ރާއްޖޭގެ ކުޅިވަރުގެ އިންފްރާސްޓްރަކްޗާ އާ އުސްމިންތަކަކަށް ގެންގޮސްދޭނެ ވަސީލަތްތަކެއް ކަމަށް ފާހަގަކުރެއްވިއެވެ.

ކުޅިވަރު މަޝްރޫއުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ”ކުޅިވަރު މަޝްރޫއުތައް ފެށުން ކުޑަކޮށް ލަސްވި ނަމަވެސް، މިހާރު މަސައްކަތްތައް ބާރުމިނުގައި ކުރިއަށްދާ“ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ ޒުވާނުންނަށް ބޭނުންވާ ކުޅިވަރުގެ ވަސީލަތްތައް ވީހާވެސް އަވަހަށް ފޯރުކޮށްދިނުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: