ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައްޔާޒަކީ ސިޔާސީ ދާއިރާއިން މަދުން ނޫނީ ނުފެންނަ ފަދަ ތެދުވެރިއެއް: ރޮޒައިނާ

ފައްޔާޒާއި ރޮޒެއިނާ/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަކީ ސިޔާސީ ދާއިރާއިން މަދުން ނޫނީ ނުފެންނަ ފަދަ ތެދުވެރި، އަދި ރައްޔިތުންނަށް އެންމެ ބޭނުންތެރި ލީޑަރު ކަމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ ކުރީގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިހެން ވިދާޅުވީ، އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ކެމްޕޭނަށް ފަޔާޒް އިސްމާއީލް މިހާރު އައްޑޫ ސިޓީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ”ސަންގު“ އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ފައްޔާޒްގެ ލީޑަޝިޕް ސިފަތަކަށް އަލިއަޅުއްވާލައްވަމުން ރޮޒައިނާ ވިދާޅުވީ، ނުވާނެ ކަންކަމުގައި ރައްޔިތުންނަށް ދަޅަދެއްކުމުގެ ބަދަލުގައި، ހަގީގަތް ހާމަކުރުމަކީ ފަޔާޒްގެ ކިބައިން ފެންނަ އެންމެ ހާއްސަ ސިފަ ކަމަށެވެ.

”އަޅުގަނޑަށް ނޯޓިސް ކުރެވޭ ކަމަކީ ފަޔާ ހަމަ ދިމާލަށް ބުނާނެ ތީކީ ވާނެ ކަމެއް ނޫނޭ، ތީ ސަސްޓެއިނަބަލް ކަމެއް ނޫނޭ ނޫނީޔާ ތީގެ އިޤްތިސާދީ މަންފާ އެދެވޭ ގޮތެއްގައި ނުލިބޭނެއޭ. މިކަހަލަ އޮނެސްޓް މީހުން ސިޔާސީ ދާއިރާގައި ވަރަށް މަދުކޮށް އަޅުގަނޑަށް ފެންނަނީ. އެހެންވެ އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި ފަޔާއަކީ ރައްޔިތުންނަށް އަސްލު ބޭނުންތެރި މީހާ،“ ރޮޒައިނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ފައްޔާޒް ވާދަކުރެއްވި ދުވަސްވަރު، އެމަނިކުފާނާއެކު އަންހެނުންގެ ރޫހުގެ ރައީސާ ކަމަށް ނުކުމެވަޑައިގެންނެވި މައިގަނޑު ސަބަބުތަކަށް ވެސް ރޮޒައިނާ އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ޕާޓީގެ ލީޑަޝިޕްގައާއި ޤައުމީ މަޖިލީހުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަށް އެންމެ ބޮޑު ހިތްވަރެއް ދެއްވި ބޭފުޅަކީ ފައްޔާޒް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ރޮޒައިނާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި މިހާރުވެސް ތިއްބެވީ އެންމެ ތިން އަންހެން މެންބަރުން ކަމަށާއި، ޕާޓީގެ އެތެރޭގެ އިސް މަގާމުތަކުގައި ވެސް އަންހެނުންގެ ނިސްބަތް އަދިވެސް ވަރަށް މަދު ކަމަށެވެ.

”އަޅުގަނޑުމެންގެ ޤައުމީ މަޖިލީހުގައި ތިބީ އަންްހެން އެހާ މަދު މެންބަރުންކޮޅެއް. ރައްޔިތުންގެ މަޖިލީހުގަ މިހާރުވެސް ތިބީ އެންމެ ތިން އަންހެނުން. ލީޑަރޝިޕްގެ މަޤާމުތަކުގަ އަޅުގަނޑުމެންގެ ޕާޓީ ތެރޭގަވެސް އެހާ މަދު އަންހެނުން. އަޅުގަނޑުގެ އެންމެ ބޮޑު ބޭނުމަކަށްވީ އަންހެނުންގެ ރޫޙުގެ މި އިންތިހާބަށް އޭރު ނުކުމެއިރު އަޅުގަނޑުމެންގެ ޤައުމީ މަޖިލީހުގަޔާއި ރައްޔިތުންގެ މަޖިލީހުގަޔާއި މިތަނުގަ އަންހެނުންނަށް ޖާގަ ފުޅާވެގެން ދިޔުން. ދެން އަޅުގަނޑު އެ ދުވަހުވެސް ފަޔާއާއި އެކީ ނިކުތީ. އަޅުގަނޑު ޤަބޫލުކުރީ ފަޔާއަކީ އަޅުގަނޑާއެކު އެ މަސައްކަތްކުރުމުގަ ހިތްވަރުދީ އެކަން ކުރަން އަޅުގަނޑަށް އެންމެ އެހީތެރިވާނެ ފަރާތް ކަމަށް،“ ރޮޒައިނާ ވިދާޅުވިއެވެ.

ފައްޔާޒް އިސްމާއީލް އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް ތާއީދު ހޯއްދެވުމަށާއި، ޕާޓީގެ އާންމު މެންބަރުންނާ ބައްދަލުކުރައްވައި ޕާޓީގެ ހިންގުން ހަރުދަނާކުރުމަށް ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: