ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްމާލެ މަޝްރޫޢާ ގުޅުވައިގެން އިމްރާން މަސައްކަތް ކުރަނީ ރައްޔިތުންގެ މެދުގައި ނުބައި ވިސްނުމެއް އުފައްދަން: ޝުޖާއު

ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު
ޝެއާރކޮށްލާ ކަހަލަދޯ؟

ރަސްމާލެ މަޝްރޫޢާ ގުޅުވައިގެން ރައްޔިތުންގެ މެދުގައި ނުބައި ވިސްނުމެއް އުފެއްދުމަށް އަދާލަތު ޕާޓީގެ ކުރީގެ ރައީސް އަދި ކުރީގެ ހޯމް މިނިސްޓަރު ޝޭޚް ޢިމްރާން ޢަބްދުﷲ މަސައްކަތް ކުރައްވާ ކަމަށް ތުހުމަތުކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ހޫނު ރައްދެއް ދެއްވައިފިއެވެ.

ޝުޖާއު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މެންބަރު ޝުޖާއު ކުރެއްވި ޕޯސްޓުގައި ޢިމްރާނަށް އަމާޒުކުރައްވައި ވިދާޅުވީ، ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން ރައްޔިތުންނަށް ނުބައި، ނުލަފާ އަދި ހަރުކަށި ވިސްނުންތަކެއް ވިސްނައިދިނުމަށް ޢިމްރާން މަސައްކަތް ނުކުރެއްވުމަށެވެ. އަދި މި ސަރުކާރުން ހިންގާ މަޝްރޫޢުތަކަކީ ޢިމްރާން ވަޒީރުންގެ މަޖިލީހުގައި އިންނަވައިގެން، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި ރާއްޖޭގެ މަސްކަނޑު ވިއްކައިލި ގޮތަށް ހިންގާނެ ކަންކަން ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ދެކުނުގެ ކަނޑުގެ ސަރަޙައްދުން ބައެއް ގެއްލިގެން ދިޔަ މައްސަލައިގައި ކުރީ ސަރުކާރަށް އަބަދުވެސް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވާއިރު، ޝުޖާއު ވަނީ އެ މައްސަލަ ހަނދާންކޮށްދެއްވައި ކުރީ ސަރުކާރުގެ އިސް ވެރިންގެ އިޚްލާޞްތެރިކަމާމެދު ސުވާލު އުފައްދަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ހިންގަވާ މަޝްރޫޢުތަކަށް ފުރިހަމައަށް އިތުބާރު ކުރެއްވުމަށް ރައްޔިތުންނަށް ގޮވާލައްވަމުން ޝުޖާއު ވިދާޅުވީ، ރައީސް ޑރ. މުޢިއްޒު ރަސްމާލެ މަޝްރޫޢު ކުރިއަށް ގެންދަވާނީ ސައްތައިން ސައްތަ ދިވެހި ރައްޔިތުން އެދޭ ގޮތަށް ކަމަށެވެ.

މި މަޝްރޫޢު ހިންގުމުގައި ރާއްޖޭގެ ފުރިހަމަ ސިޔާދަތީ ބާރު ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ދެއްވަމުން، ދިވެހިރާއްޖޭގެ މިނިވަންކަމަށް އެއްވެސް އުނިކަމެއް ނުވަތަ އަސަރެއް ނުކުރާނެ ގޮތަށް ކަންކަން ތަރުތީބު ކުރައްވާނެ ކަމަށްވެސް ޝުޖާއު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މިއީ މުޅި ދިވެހި ޤައުމަށާއި ދިވެހި ރައްޔިތުންނަށް މުއްސަނދިކަމާއި ފާގަތިކަން ގެނެސްދޭނެ ފަދަ ގޮތަކަށް ކުރިއަށްގެންދާނެ މަޝްރޫޢެއް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

ރަސްމާލެ މަޝްރޫޢަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އެންމެ ބޮޑު އެއް ވަޢުދަށްވާއިރު، މި މަޝްރޫޢު ކުރިއަށް ގެންދާ ގޮތާމެދު އިދިކޮޅު ސިޔާސީ ފަރާތްތަކުން އަންނަނީ އެކި ކަހަލަ ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ. ނަމަވެސް ސަރުކާރު ހިންގާ ޕީއެންސީގެ އިސް ލީޑަރުންނާއި މަޖިލިސް މެންބަރުން ދަނީ މި މަޝްރޫޢަކީ ދިވެހިންގެ ބޯހިޔާވަހިކަމުގެ ދާއިމީ ޙައްލު ކަމަށް ބުނެ ދިފާޢުކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: