ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިޝަރީޒްއިން ޓެކްނިކަލް ކޯޑިނޭޓަރެއް: އެގްރިކަލްޗާގެ ދާއިރާއިން މާސްޓަސް، ފަނަރަ އަހަރުގެ ތަޖުރިބާއަށް މުސާރައަކީ ބާރަ ހާސް!

ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބާރަ ހާސް ރުފިޔާގެ މުސާރައެއް ލިބޭ ގޮތަށް އެގްރިކަލްޗާގެ ދާއިރާއިން ހޯދާފައިވާ މާސްޓަސް ޑިގްރީއަކާއި އެކު، 15 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހުރި ޓެކްނިކަލް ކޯޑިނޭޓަރެއް ހޯދުމަށް ފިޝަރީޒް މިނިސްޓްރީއިން އިއުލާނުކޮށްފިއެވެ.

ފިޝަރީޒް މިނިސްޓްރީއިން ގެޒެޓުކޮށްފައިވާ ވަޒީފާގެ އެ އިއުލާނުގައި ވާ ގޮތުން މިއީ މޯލްޑިވްސް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓާއި ގުޅިގެން ހުޅުވާލާ ފުރުސަތެކެވެ. ވޯލްޑް ބޭންކާއި ދިވެހި ސަރުކާރާއި ގުޅިގެން ފިޝަރީޒް މިނިސްޓްރީއިން ހިންގާ ”ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް“ އަކީ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސިސްޓެންސް (އައިޑީއޭ)ގެ ހިލޭ އެހީގައި މަސްވެރިކަމުގެ ސިނާއަތް ތަރައްގީކުރުމަށް ހިންގޭ ޕްރޮޖެކްޓެކެވެ.

އެގޮތުން ދެ އަހަރު ދުވަހުގެ ކޮންޓްރެކްޓު އުސޫލުން ޕްރޮޖެކްޓަށް ކޮމްޕަނެންޓް ކޯޑިނޭޓަރެއް ހޯދަނީ މެރިން ރީސާޗް އިންސްޓިޓިއުޓް އަދި ޕްރޮޖެކްޓުގެ މަސައްކަތް ހިންގޭ ރަށްތަކުގައި މަސައްކަތް ކުރުމަށެވެ. އަދި އެ މީހެއްގެ އަތުގައި ފިޝަރީޒް ސައިންސް ނުވަތަ ފިޝަރީޒް މެނޭޖްމަންޓާއި ގުޅުން ހުރިދާއިރާއަކުން ބެޗްލާރސް ޑިގްރީއެއް އޮތުމާއި އެކު މަސައްކަތުގެ 15 އަހަރުގެ ތަޖުރިބާ މަގާމުގެ ޝަރުތެއްގެ ގޮތުގައި ވަނީ ހިމަނާފައެވެ. އަދި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގައި އެކުއަކަލްޗާއަށް ހުރި ފުރުސަތުތައް ދެނެގަތުމާއި ހޯދާ ބެލުމުގެ މަސައްކަތް އަމަލީ ފެންވަރުގައި ތަޖުރިބާ ކޮށްފައިވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ. މި ހުރިހާ ޝަރުތުތަކެއް ހަމަވެ ވަޒީފާ ހަމަޖެހޭ މީހާގެ މުސާރައެއްގެ ގޮތުގައި ފިޝަރީޒް މިނިސްޓްރީން ބުނެފައިވަނީ 12300 (ބާރަ ހާސް ތިންސްތޭކަ) ރުފިޔާއެވެ.

ގެޒެޓުކޮށްފައިވާ އިއުލާންް: https://www.gazette.gov.mv/iulaan/view/132811

ޓީއޯއާރު: https://www.gov.mv/en/files/technical-coordinator-mariculture-component-tor.pdf

ގެޒެޓުގައި ޝާއިއުކޮށްފައިވާ އިއުލާނުގެ ”ޓާމްސް އެންޑް ރެފަރެންސް“ ގައި ވާ ގޮތުން ވަޒީފާއަށް ކުރިމަތިލާ މީހާއަކީ އިނގިރޭސި ބަހުން ރަނގަޅަށް ލިޔަންކިއަން ދަންނަ އަދި ކޮމްޕިއުޓާރ ފީޗާސްތަކާއި، ވޯޑް އާއި އެކްސެލްއަށް ފަރިތަވާން ޖެހޭނެއެވެ.

ރިޕޯޓިން ރިކުއަމެންޓްސްތަކުގެ ލިސްޓުގައި ބުނެފައިވާ ގޮތުން ކޯޑިނޭޓަރަކަށް ހުންނަ މީހަކު ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ވަޒީފާއަށް ނިކުންނަން ޖެހޭނެއެވެ. އަދި ހަފްތާއަކު އެވްރެޖު ގޮތެއްގައި 20 ގަޑިއިރު އޭނާ މަސައްކަތް ކުރަން ޖެހޭނެއެވެ. އަދި ބޭނުންވެއްޖެ ކޮންމެ ވަގުތެއްގައި ވެސް ބޭނުންވާ އެކި ރިޕޯޓުތަކާއި، ޕްރޮޖެކްޓުގެ ތަފްސީލީ އެސެސްމެންޓުތައް ޕްރޮޖެކްޓް ސްޓީރިން ކޮމިޓީއާއި ޑޯނާރ އޭޖެންސީއަށް ހުށަހަޅަން ޖެހޭނެއެވެ.
ބާރަ ހާސް ރުފިޔާގެ އިތުރުން، އިތުރު އެލަވެންސްއެއް މުސާރައިގެ ތެރޭގައި ނުހިމެނެއެވެ. އަދި މީހަކު ކުރަންޖެހޭ މަސައްކަތް ނުކުރާނަމަ މުސާރައިން އުނިވާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

ގެޒެޓުގައި ޝާއިއުކޮށްފައިވާ މި އިއުލާނަށް ގިނަ ބައެއްގެ ފާޑުކިއުންތައް ދަނީ އަމާޒުވަމުންނެވެ. ރާއްޖޭގައި ސިޔާސީ މަގާމުތަކާއި، އަދި މިނިސްޓްރީގެ ޑިރެކްޓަރުންގެ ގޮތުގައި ތިބި ގިނަ ފަރާތްތަކަކީ ބޮޑު މުސާރައެއް ނަގާ ބައެކެވެ. އަދި އެ މީހުންނަށް ވެސް މަހަކު 15،000 ރުފިޔާގެ މުސާރައެއް ލިބޭކަން ފާހަގަ ކުރެވެއެވެ.

ރާއްޖޭގައި ރަނގަޅު ތައުލީމެއް ހުންނަ ޒުވާނުނަށް އެއްވެސް ފުރުސަތުތަކެއް ނޯންނައިރު މަގާމުތަކާއި، އަދި މަޖިލީހަށް ލާ ތައުލީމީ މީހުންވެސް ވޯޓުން ބޭރު ކުރެއެވެ. އަދި ގިނަ ފަހަރަށް ކޮމިޓީތަކުގައި ވެސް އިސްކަމެއް ދެނީ ސިޔާސީ ކޮންމެވެސް މީހަކަށް، ނުވަތަ ގާތް މީހެއްގެ އާއިލާ މެމްބަރަކަށެވެ.

މި އިއުލާނާއި އެކު ގިނަ ޒުވާނުންތަކެއްގެ ނުރުހުން ވެސް ސޯޝަލް މީޑިއާގައި ދަނީ އާއްމުވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ނޫސްވެރިކަން ކުރަނީ މީހަކު ކޮށްލާ ޓްވީޓަކަށް ބަލާފަ އެކަނި ނަމަ ނުކުންނާނީ މިކަހަލަ ތާކުންތާކު ނުޖެހޭ ހަބަރު. ދައުލަތުގެ މުސާރާގެ އޮނިގަނޑާއި ސިވިލް ސާވިސްގެ މަގާމުތަކުގެ ޝަރުތުތައް ދިރާސާކޮށިނަމަ ތި ހަބަރު އޮންނާނީ ތިހެންނެއް ނޫން. އަސްލު މައްސަލައަކީ ރާއްޖޭގެ މަޖިލިސް މެންބަރުން، ކައުންސިލަރުން ފަދަ މަޤާމުތަކަށް ތައުލީމީ ޝަރުތެއް ނެތި، 50 ހާހުން މުސާރަ ދޭތީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: