މިއަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދައުލަތުގެ ބަޖެޓު އަލުން ރިވައިޒްކޮށް މަޖިލީހަށް ހުށަހަޅަން ފިނޭންސް މިނިސްޓްރީއިން ނިންމައިފި އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ރިވައިޒްޑް ބަޖެޓްގައި މިއަހަރަށް ލަފާކޮށް މިދިޔަ އަހަރު މަޖިލީހުން ފާސްކުރި ބަޖެޓްގައި ހުރި ބައެއްކަންކަން އެޑްޖަސްޓް ކޮށްފައިވާނޭ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
މިއަހަރު ފާސްކުރި ބަޖެޓު ރިވައިޒް ކުރަން ހުށަހަޅަނީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދު ދަށްވެ ލަފާކުރި އަދަދަށް އާމްދަނީ ނުލިބޭތީއެވެ. ރިވައިޒް ބަޖެޓެއް މަޖިލީހަށް ހުށަހަޅާއިރު ރާއްޖޭގެ ދަރަނި 73.9 ބިލިއަނަށް މިހާރު ވަނީ އަރާފައެވެ.
ފިނޭންސް މިނިސްޓްރީން ޖޫން މަހުގެ ނިޔަލަށް އާންމުކޮށްފައިވާ ދައުލަތުގެ ދަރަނީގެ ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ އެތެރޭގެ ދަރަނި 36 ބިލިއަން ރުފިޔާ އަށް އަރާއިރު ބޭރުގެ ދަރަނި 37.7 ބިލިއަން ރުފިޔާ އަށް ވަނީ އަރާފައެވެ. އަދި ގެރެންޓީދީފައިވާ ދަރަނީގެ އަދަދު 16.6 ބިލިއަނަށް އަރަ އެވެ.
ފިނޭންސް އިން ބުނީ 2021 އަހަރަށް ލަފާކުރާ ބަޖެޓު އޮކްޓޯބަރު ނިމުމުގެ ކުރިން މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.

