ކ. ދޫނިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.
އެމްޓީސީސން ވިދާޅުވީ މި މަޝްރޫޢުގެ ދަށުން 4.61 އޭކަރުގެ ބަނދަރު ފުންކުރުމާއި 3.75 އޭކަރުގެ ސަރަހައްދެއްގެ ބިން ހިއްކުމަށް ހަމަޖެހިފައިވާކަމަށާއި މީގެ އިތުރުން 370 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމާއި 620 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 250 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުމުގެ އިތުރުން 250 މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ޖެހުމަށްވެސް ހަމަޖެހިފައި ވެއެވެ.
މި މަސްރޫއު ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހުގައެވެ.

