އައްޑޫ ސިޓީ މީދޫ ބަނދަރުގެ މަސައްކަތް ނިމުމަކާ ގާތަށް ގޮސްފިއެވެ.
މި މަސައްކަތް ކުރާ އެމްޓީސީސީން ބުނީ މީދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 80 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ.
މީދޫ ބަނދަރު ހަދަން އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ.
365 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ މި މަޝްރޫއުގެ އަގަކީ 35.4 މިލިއަން ރުފިޔާ އެވެ.

