ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޫގްލް ”ލޫން ޕްރޮޖެކްޓް“ ގެ ބެލޫންއެއް އަނެއްކާވެސް ރާއްޖެއަށް ވެއްޓިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ ރޫރަލް އަދި ރިމޯޓް ސަރަހައްދުތަކަށް އިންޓަރނެޓް ފޯރުކޮށްދިނުމަށް ގޫގުލްއިން ކުރިއަށްގެންދާ ”ލޫން ޕްރޮޖެކްޓް“ގެ ބެލޫންއެއް އަނެއްކާ ވެސް ރާއްޖެއަށް ވެއްޓިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ގޫގުލް ”ލޫން ޕްރޮޖެކްޓް“ ގެ ބެލޫނެއް ގދ.ވާދޫގެ ހުޅަނގުން އައްޑޫ ކަނޑަށް މިއަދު ވެއްޓުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

އެގޮތުން މި ބެލޫން ވެއްޓެމުންދާ ކަމުގެ މައުލޫމާތު އިއްޔެ ހެނދުނު 8:30 ހާއިރު ލިބުމާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ އޮޕަރޭޝަން ސެންޓަރާއި ސިވިލް އޭވިއޭޝަން އޮތޯރިޓީ އަދި އެއާ ޓްރެފިކް ކޮންޓްރޯލުން ދިޔައީ މޮނީޓާ ކުރަމުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ބެލޫން ރާއްޖޭގެ ލޯކަލް އެޖެންޓުންނާއި ހަވާލުކުރުމަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަން އިން ހަރަކާތްތެރިވަމުންދާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

މިދިޔަ މަހުގެ ފަހުކޮޅު ވެސް ”ލޫން ޕްރޮޖެކްޓް“ ގެ ބެލޫންއެއް ރާއްޖެ ސަރަޙައްދަށް ވަނީ ވެއްޓިފައެވެ. އެފަަހަރު ބެލޫން ވެއްޓިފައިވަނީ ގދ. އަތޮޅު އެތެރެވަރިން ނަޑެއްލާ އާއި މަޑަވެއްޔާ ދޭތެރެއަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: