ކޯވިޑް-19 ގެ ހާލަތުގައި ކުދިން ޚިތާން ކުރުމުގެ ހަރަކާތްތައް ބޭއްވުމުގައި ޢަމަލުކުރަންވީ އުސޫލް އެޗްޕީއޭ އިން މިއަދު އާންމުކޮށްފިއެވެ.
އެޗްޕީއޭ އިން އާންމުކުރި އުސޫލުގައި ބުނެފައިވަނީ ހިތާން ކުރާ ގިނަ ކުދިން އެއްތަނެއްގައި ނުބޭތިއްބުމަށާއި، އަމިއްލަ އަމިއްލަ ގޭގައި ކުދިން ބޭތިިއްބުމުގެ އިންތިޒާމު ހަމަޖެއްސުމަށެވެ.
އަދި އެއް ކުއްޖަކަށް ވުރެ ގިނަ ކުދިން ބައިތިއްބާނަމަ އެއްގޭގައި އެއްކޮށް ދިރިއުޅޭ ކުދިން ނުވަތަ އެއް އާއިލާއެއްގެ ކުދިން ބޭތިއްބުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ކުދިން ބައިތިއްބާ ތަނުގެ ސާފުތާހިރުކަން ކަށަވަކުރުމާއި މަދުވެގެން ތިން ފޫޓުގެ ގައިދުރުމިން ބެހެއްޓޭ ގޮތަށް އިންތިޒާމު ހަމަޖެއްސުމަށް ވަނީ އަންގާފައެވެ.
އަދި ގޭގެއަށް މީހުން ޒިޔާރަތް ކުރާއިރު ގިނަ މީހުން އެއްފަހަރާ ގެއަށް ޖަމާނުވާނެ ގޮތަށް އިންތިޒާމު ހަމަޖެއްސުމައްވަނީ އަންނގާފައެވެ.

