ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑޯ ޕެސިފިކް އާމީ ސެމިނާގައި ޗީފް އޮފް ޑިފެންސް ފޯސް ވާހަކަފުޅު ދައްކަވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޔުނައިޓެސް ސްޓޭޓްސް އާރމީ އިންޑޯ ޕެސިފިކް ކޮމާންޑްއިން އިންތިޒާމުކޮށްގެން ބޭއްވި 44 ވަނަ އިންޑޯ ޕެސިފިކް އާމީ މެނޭޖްމަންޓް ސެމިނާ އާއި،  6ވަނަ ސީނިއަރ އެންލިސްޓެޑް ލީޑަރސް ފޯރަމް (ސެލްފް)ގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވާހަކަފުޅު ދައްކަވައިފިއެވެ.

އިންޑޯ ޕެސިފިކް އާމީ މެނޭޖްމަންޓް ސެމިނާއަކީ އިންޑޯ ޕެސިފިކް ސަރަޙައްދުގައި ހިމެނޭ ޤައުމުތަކުގެ އަސްކަރިއްޔާތަކުގެ މެދުގައި އޮންނަ ގުޅުންތައް ވަރުގަދަކުރުމާއި މިސަރަޙައްދުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވޭ ބައްދަލުވުމެކެވެ.

މިމަހު 17އިން 18އަށް ވާޗުއަލްކޮށް ބޭއްވި މިސެމިނާގައި ވާހަކަފުޅު ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ މިފަދަ ޒަމާނީ ދުވަސްވަރެއްގައި އަސްކަރިއްޔާތަކުން ހަރަކާތްތެރިވާނެ ގޮތްތަކާއި އަދި ދިވެހި އަސްކަރިއްޔާއިން ގެންގުޅޭ އުސޫލުތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

މި ސެމިނާގެ ބައިވެރިންގެ ގޮތުގައި ދިވެހި ޑިފެންސް ފޯސްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ މާލޭ އޭރިއާ ކޮމާންޑަރ ކާނަލް އަޙްމަދު ޣިޔާސް އާއި އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލް ކާނަލް މުޙައްމަދު އިބްރާހީމްއެވެ. އަދި ސީނިއަރ އެންލިސްޓެޑް ލީޑަރެއްގެ ގޮތުގައި ކޮމާންޑަރ ސާޖަންޓް މޭޖަރ ޙަސަން ފަޔާޒްވެސް މި ސެމިނާގައި ބައިވެރިވެވަޑައިގެންފައެވެ.

މި ސެމިނާގައި 24 ޤައުމެއްގެ އަސްކަރިއްޔާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ. އަދި މިސެމިނާގެ ޕެނަލިސްޓުންގެ ގޮތުގައި ވާހަކަފުޅުދައްކަވާފައިވަނީ އަސްކަރިއްޔާތަކުގެ ޖެނެރަލުންނާއި މި ދާއިރާއާ ގުޅޭ ފުންނާބު އުސް، ޕްރޮފެސަރުންނެވެ.

44ވަނަ އިންޑޯ ޕެސިފިކް އާމީ މެނޭޖްމަންޓް ސެމިނާ ހޯސްޓްކޮށްފައިވަނީ ޔުނައިޓެސް ސްޓޭޓްސް އާރމީ އިންޑޯ ޕެސިފިކް ކޮމާންޑްގެ ފަރާތުންނެވެ. އަދި ކޯ ހޯސްޓްކޮށްފައިވަނީ ފިލިޕީންސް އާރމީގެ ފަރާތުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: