ހުވަދު އަތޮޅުގައި މަހަށް ނުކުމު އުޅުނު ދޯންޏެއްގައި ހުރި މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.
އެމްއެންޑީއެފުން ބުނީ ބުޅިއެއް ހެރިފައިވަނީ ގއ.މާމެންދޫ ”ކޯމަސް“ ދޯނީގެ ފަޅުވެރިއެއްގެ ލޮލަށް ކަމަށެވެ.
އެމީހާ އަކީ އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.
އެގޮތުން މި ރިޕޯޓު ލިބުމާއި ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން އެހީތެރިކަން ފޯރުކޮށްދިނުމަށް ހަރަކާތްތެރިވަމުންދާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ. މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު ހެނދުނު 11:30 ހާއިރުއެވެ.

