ޖަރުމަނުގެ ކޮންޑޯ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށައިފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްްސް ކޮމްޕެނީ ލިމިޓެޑުން (އެމްއޭސީއެލް) އިން ބުނީ އެ އެއާލައިންގެ ދަތުރުތައް މިއަދު ފެށިއިރު އެ އެއާލައިނުން ކޮންމެ ހަފްތާއަކު ދެ ދުވަހު ރާއްޖެ އަށް ދަތުރުކުރާނެ ކަމަށެވެ.
މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއެކު، ގިނަ އެއާލައިންތަކުން ވަނީ ރާއްޖެ އަށް އަލުން ދަތުރުތައް ފަށާފައެވެ.
ބޯޑަރު ހުޅުވިފަހުން ރާއްޖެ އަށް މިހާތަނަށް ވަނީ އެއްލައްކަ އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އަދި މިއަހަރުގެ ޖެނުއަރީން މިއަދުގެ ނިޔަލަށް ރާއްޖެ އަށް ވަނީ ޖުމްލަ ފަސް ލައްކަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

