އެމްއެންޑީއެފާއި އިންޑިއާގެ ނޭޝަނަލް ހައިޑްރޯގްރެފިކް އޮފީހާ ގުޅިގެން ފެށުމަށް ރޭވިފައިވާ، ރާއްޖޭގެ ނެވިގޭޝަން ޗާޓު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުމަށް އިންޑިއާގެ އަސްކަރީ އުޅަނދެއް މިއަދު ރާއްޖެ އަތުވެއްޖެއެވެ.
އިންޑިއަން ނޭވީ ޝިޕް ”ދަރްޝަކް“ ރާއްޖެއަށް ކުރަމުންދާ ސަރވޭ ދަތުރުގައި، މިއަދުން ފެށިގެން އަންނަ މާރޗް 15 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ހަރަކާތްތެރިވާނެ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
މި ސަރވޭ ކުރުމަށް ހަމަޖެހިފައިވަނީ ފޭސްތަކަކަށް ބަހާލައިގެންނެވެ. އެގޮތުން، މި މުއްދަތުގެ ތެރޭގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހދ. އަތޮޅުން ފެށިގެން ށ.އަތޮޅާ ހަމައަށެވެ. މި ސަރވޭގައި ހދ. ކުޅުދުއްފުށި އިންޓަރނޭޝަނަލް ސީޕޯޓްގެ ލާޖް ސްކޭލް އެޕްރޯލް ޗާޓު ވެސް ހިމެނިގެންދާނެކަމަށް މައުލޫމާތުދެއެވެ.

