ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސާމްޕަލް ނަގާ ގަޑިތަކާއި ފްލޫ ކްލިނިކް ހުޅުވާ ގަޑިތަކަށް ބަދަލުގެނެސްފި!

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ހުޅުމާލެ އަދި ވިލިމާލެ ހިމެނޭހެން ގްރޭޓަރ މާލެ ސަރަގައްދުގައި ފްލޫ ކްލިނިކްތައް ހުޅުވާފައި ހުންނަ ގަޑި ތަކަށް ހެލްތް ޕްރޮޓެކަޝަންސީ އޭޖެންސީ އެޗްޕީއޭއިން ބަދަލް ގެނެސްފިއެވެ.

އެޗްޕީއޭއިން ހާމަކުރައްވާ މާލެ ސަރަހައްދުގައި ހުރި ސާމްޕަލް ނަގާ ސެންޓަރުތަކުގެ ތެރެއިން މާލެހިޔާ ފުރަގަހުގައި ހުންނަ ސެންޓަރުން ސާމްޕަލް ނަގާ ދޭނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 10:00 އިން 13:00އަށާއި ހަވީރު 15:30 އިން 17:15 އަށެވެ. އަދި ރޭގަނޑު 19:30އިން 21:00އަށެވެ. ހުކުރު ދުވަހު ސާމްޕަލް ނަގާދޭނީ ހަވީރު 15:30އިން 17:15 އަށް އަދި ރޭގަނޑު 19:30އިން 21:00އަށެވެ.

މި ބަދަލާއެކު ސެނެހިޔާ ފްލޫ ކްލިނިކް ހުޅުވާފައި ހުންނަ ގަޑިތަކަށް މިވަނީ ބަދަލް ގެނެވިފައެވެ. އެގޮތުން އެޗްޕީއޭއިން ހާމަކޮށްފައިވަނީ ސެނެހިޔާ ފްލޫ ކްލިނިކް ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 13:00އަށް އަދި ރޭގަނޑު 21:00 އިން 00:00އަށެވެ. ހުޅުމާލެ ފްލޫ ކްލިނިކް ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ފެށިގެން 17:30އަށް އަދި ރޭގަނޑު 19:00 އިން 21:00އަށެވެ. އަދި ވިލިމާލޭ ފްލޫ ކްލިނިކުން ޚިދުމަތްދޭނީ ކޮންމެ ދުވަހަކުވެސް 11:00 އިން 14:00އަށެވެ. ހުޅުމާލޭ ފްލޫ ކްލުނިކުން ސާމްޕަލް ނަގާ ދޭނީ ކޮންމެ ދުވަހަކުވެސް ހަވީރު 15:30އިން 17:15އަށް އަދި ރޭގަނޑު 19:30އިން 21:00 އަށެވެ. ވިލމާލޭ ފްލޫ ކްލިނިކުން ސާމްޕަލް ނަގާދޭނީ ކޮންމެ ދުވަހަކު ހަވީރު 15:00އިން 16:30 އަށްކަމަށް އެޗްޕީއޭއިން ހާމަކުރައްވާފައިވެއެވެ.

ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާ މި ދަނޑުވަޅުގައި ރޯގާގެ އެއްވެސް އަލާމާތެއް ހުރެއްޖެނަމަ ލަސްނުކޮށް ފްލޫ ކްލިނިކްތަކަށް ދެއްކުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: