ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންނަށް ފައިދާހުރި ކަންކަމުގައި މުއިއްޒުއަށް އެއްބާރުލުން ދޭނަން: އެމްޑީޕީ

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންނަށް ފައިދާ އާއި، ލާބަހުރި ކޮންމެ މަަސައްކަތެއްގައި މާލޭ ސިޓީ ކައުންސިލްގެ އެމްޑީޕީގެ ކައުންސިލަރުންގެ ފުރިހަމަ އެއްބާރުލުން މޭޔަރު، ޑރ. މުހައްމަދު މުއިއްޒަށް ލިބޭނެކަމުގެ ޔަގީންކަން ދީފި އެވެ.

އެ ކައުންސިލަރުންގެ ނަމުގައި އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންނަށް ފައިދާއާއި، ލާބަހުރި ކޮންމެ މަަސައްކަތެއްގައި އެމްޑީޕީގެ ކައުންސިލަރުންގެ ފުރިހަމަ އެހީތެރިކަމާއި، އެއްބާރުލުމާއި، ތާޢީދު މުއިއްޒަށް ލިބޭނެ ކަމަށެވެ.

”ޕީޕީއެމްގެ މޭޔަރަކު ހުންނެވިކަމަށްޓަކައި އަދި އޭނާ ހުށަހެޅުއްވި ކަމެއް ވީމާ ދެކޮޅު ހެދުމުގެ އިދިކީލި ސިފައިން އަޅުގަނޑުމެން ނެއްޓި ތިބޭނެކަމުގެ ޔަޤީންކަންވެސް އަރުވަން. އެމްޑީޕީގެ އަސާސްތަކާއި، އަގުތައް ނަގަހައްޓާ، ޕާޓީގެ މެންބަރުންގެ ބަސް ކަނުލާ އަޑު އަހަމުންނެވެ. މަޤާމާ ޙަވާލުވެ މި ވޭތިވެދިޔަ ކުރު މުއްދަތުގައިވެސް އަޅުގަނޑުމެން ޢަމަލުކޮށްފައި ހުއްޓަތީ ފެނިވަޑައިގަންނަވާނީ އެހަމައިގައެވެ“ އެ ބަޔާނުގައި ވެއެވެ.

މީގެއިތުރުން، މާލޭގެ ރައްޔިތުންގެ މަސްލަޙަތުތަކުގެ މައްޗަށް ހުޝިޔާރުކަމާއެކު ފާރަވެރިވާނެ ކަމަށާއި އަދި މާލޭގެ ރައްޔިތުންނަށް ކައުންސިލު ހިނގާނުހިނގާގޮތާއި ގުޅޭގޮތުން މަޢުލޫމާތު އަރުވަމުން ގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.

މާލޭ ސިޓީ ކައުންސިލަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑެތި ގޮންޖެހުންތަކުގެ ތެރޭގައި، އިންސާނީ ވަސީލަތް ނެތުމާއި، ޖާގައިގެ ދަތިކަން ހިމެނޭ ކަމަށާއި ސިޓީއެއް ހިންގުމަށް އަސާސީގޮތުން ބޭނުންވާ ޢިލްމާއި، ތަމްރީނު ލިބިފައިވާ ފަންނީ މުއައްޒަފުން ކައުންސިލުގައި ނެތް ކަމަށްވެސް ބުނެފައިވެއެވެ.

”ކޮންމެ ކައުންސިލަރަކަށް ގޮނޑި، މޭޒާއި، ކޮންޕިއުޓަރެއް ނެތެވެ. ކައުންސިލްގެ ޚިދުމަތްތަކާއި، މުއައްޒަފުންނާއި، ސެކްޝަންތަކާއި، ޑިޕާޓުމަންޓުތައް ހުރީ މާލޭގެ އެތައްމިތަނުގައެވެ“ އެ ބަޔާނުގައި ވެއެވެ.

އެގޮތުން އެއް ފުރާޅެއްގެ ދަށުން މާލޭ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ދެވޭނެ މަގަކުން، މާލޭ ސިޓީ ކައުންސިލާ އެކަށީގެންވާ، ހުރިހާ ކައުންސިލަރުންނަށްވެސް އިށީންދެ، ބައްދަލުވެ، މަސައްކަތް ވެވޭނެ ޖާގަ ހުރި ޢިމާރާތަކުން ސިޓީ ކައުންސިލްގެ ޚިދުމަތް ދެވޭނެ ގޮތް ހަމަޖެހެންޖެހޭ ކަމަށްވެސް ބުނެފައިވެއެވެ.

އަދި އާރބަން ޕްލޭނަރުންނާއި، އިންޖިނިއަރުންނާއި، ސަރވެޔަރުންނާއި، އައި.ޓީ ސްޕެޝަލިސްޓުންނާއި، އެހެނިހެން ފަންނީ، ސަޕޯޓް ސްޓާފުންވެސް ހަމަޖެހެންޖެހޭ ކަމަށާއި އެކަންކަން ހަމަޖެއްސުމުގައި މާލޭގެ މޭޔަރާއިއެކު މަސައްކަތްކުރަމުންދާ ކަމަށްބެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: