ވ. ފުލިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، ބޭރުތޮށީގެ ރޮކް ޕްރޮފައިލިންގެ މަސައްކަތް ފަށާފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.
އެމްޓީސީސީން ބުނީ އެ މަސައްކަތް ފަށާފައި ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން، 270 މީޓަރުގެ ބޭރުތޮށިލުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން ލެވޭ ހިލަފައިކަށިތައް ލުމާއި، 12000 ކޮޑިމީޓަރުގެ ވެލި ގިރާފައިވާ ސަރަހައްދަށް އެޅުމަށް ހަމަޖެހިފައި ވެއެވެ.
އެ މަޝްރޫއަކީ 16.94 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

