ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަރީއަތް ލައިވްކޮށްދޭން ރައީސް ޔާމީިން އެދިވަޑައިގެންފި

ރައީސް ޔާމީން މިނިވަންވެ ގެއަށް ވަޑައިގެންނެވުމާއި ހަމައަށް ދައުލަތުން ރައްކާތެރިކަން ފޯރުކޯށްދީފައެއްނުވޭ / ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ވ. އާރަށު މައްސަލައިގައި ކުރީގެ ރައިސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތްތައް ލައިވް ކޮށްދިނުމަށް ޔާމީންގެ ފަރާތުން އެދިވަޑައިގެންފިއެވެ.

ވ.އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށްކުރީ މަނީ ލޯންޑަރިންގއާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދަޢުވާއެވެ. ރައީސް ޔާމީންގެ އިތުރުން، މިމައްސަލާގައި ވ. ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމްގެ މައްޗަށްވެސް ވަނީ ދަޢުވާ އުފުލާފައެވެ. އޭނާގެ މައްޗަށްކުރީ ރިޝްވަތު ދިނުމުގެ ކުށުގެ ދަޢުވާއެވެ.

މިމައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ޔާމީންގެ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވާހަކަ ދައްކަވަމުން ވިދާޅުވީ، މީގެކުރިން ބޭއްވި ޔާމީންގެ އެހެން މައްސަލަތައްވެސް ލައިވްކޮށްފައިވާކަމަށާއި، އިންސާފުވެރި އަދި އަދުލުވެރި ޝަރީއަތެއް ކުރިއަށް ގެންދެވޭނީ ވީހާވެސް ބޮޑަށް ޝަރީއަތް ހުޅުވާލައިގެން ގެންދިއުމުންކަމުގައެވެ.

އެހެންނަމަވެސް މިމައްސަލައިގައި ދައުވާ ލިބޭ ޔޫސުފް ނައީމްގެ ވަކީލް ވަނީ އަޑުއެހުންތައް ލައިވް ކުރުމާ އިންކާރުކޮށްފައެވެ. އަދި ލައިވްކޮށް ކުރިއަށް ގެންދާނަމަ ޔޫސުފް ނައީމްގެ ބައި ވަކިން ގެންދިއުމަށް އެދިފައިވެއެވެ.

މިކަމާ ގުޅިގެން ދައުލަތުގެ ފަރާތުން ބުނެފައި ވަނީ ލައިވް ކޮށްގެން ކުރިއަށް ގެންދަން އެއްވެސް އިއުތިރާޒެއް ނެތް ކަމަށެވެ. އަދި މި މައްސަލައިގައި ޔޫސުފް ނައީމްގެ ފަރާތުން މައްސަލަ ލައިވް ނުކުރަން އެދުމުން އެކަމަށް އިއުތިރާޒްކުރި އެވެ. މިފަދަ މައްސަލަތަކަކީ ސިއްރުން ގެންދަން ޖެހޭ ފަދަ މައްސަލަތަކެއް ނޫން ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.

މިމައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ އެ މައްސަލަ ކޯޓުން ކުރިއަށް ގެންދަނީ އެހެން އާންމު މައްސަލަތަކެކޭ ވެސް އެއް އުސޫލަކުން ކަމަށެވެ. އަދި ޝަރީއަތް ލައިވްކުރަން އެދިފައިވާތީ އެކަމާ މެދު އަންނަ ހަފުތާގައި ގޮތެއް ނިންމަވާނެ ކަމަށް އިސް ގާޒީ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: