ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުތުރުގައި ބޭނުންކުރާނެ ފެރީތައް ލިބިއްޖެ: އެމްޓީސީސީ

އެމްޓީސީސީގެ ފެރީތައް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ އުތުރުގެ ރަށްތަކުގައި ހައިސްޕީޑް ފެރީގެ ޚިދުމަތް  ތަައާރަފް ކުރުމަށް ބޭނުންވާ 4 ފެރީއެއްގެ މަސައްކަތް ނިމި ކުންފުންޏަށް ލިބިފައިވާ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ.

އާޒިމް ކުރެއްވި ޓްވީޓެއްގައި ވާގޮތުން މިއީ ސަރުކާރުގެ ފަރާތުން އުތުރުގައި އަލަށް ފަށާ ހައި ސްޕީޑް ޕަބްލިކް ޓްރާންސްޕޯޓް ފެރީގެ ހިދުމަތުގައި ބޭނުން ކުރާނެ ފެރީތަކެކެވެ. އެގޮތުން މި ފެރީތައް މިއަދު ހދ އަތޮޅަށް ފުރާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

ފެރީ ދަތުރުތައް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވުމުގެ ގޮތުން ހަދަންޖެހޭ ރޫޓިން އާއި ޝެޑިއުލް ޓެސްޓިންގ ވެސް ކުރިއަށް ދާނެ ކަމުގައި އާޒިމް ވަނީ ވިދާޅުވެފައެވެ.

ލާމަރުކަޒީ ނިޒާމުން އަތޮޅުތައް ގުޅުވާލުމަކީ ސަރުކާރުގެ އެންމެ ބޮޑު އަމާޒަށްވާއިރު އެމްޓީސީސީއިން އަންނަނީ އަތޮޅުތެރޭގައި ފެރީގެ ނިޒާމް ގާއިމްކޮށް ހިދުމަތް ދެމުންނެވެ. އަދި ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ކުންފުނިން މިހާރުވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: