ރ. އަތޮޅު ރަސްމާދޫ ބަނދަރުހެދުމުގެ މަޝްރޫއުގެ 80 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
އެމްޓީސީސީން އިތުރަށް ހާމަކުރި ގޮތުގައި މި މަސައްކަތުގައި ހިމެނޭ އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް މިދިޔަ ޖަނަވަރީ މަހުގެ 29 ވަނަ ދުވަހު ވަނީ ނިމިފައި ކަމަށާއި، ބޭރު ތޮށީގެ 82 އިންސައްތަ މަސައްކަތާއި ހާބާރ ޕޭވްމަންޓް ހެދުމުގެ 69 އިންސައްތަ މަސައްކަަތް ވަނީ ނިމިފައި ކަމުގައެވެ.
Work on design and build of R. Rasmaadhoo Harbor is well underway, with overall 80% project progress. We have completed installation of precast concrete blocks required for quay wall construction on 29 Jan 2022. Construction of breakwater is ongoing, with 82% completion. pic.twitter.com/7wmKpiI2Y6
— MTCC Plc (@MTCCPlc) February 1, 2022
28.1 މިލިޔަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން 8100 ކިއުބިކް މީޓަރުގެ ސަރަހައްދެއް ބަނދަރުން ފުންކުރުމާއި، 377 މީޓަރުގެ ސަރަހައްދުގައި ބޭރުތޮށިލުމާއި 600 އަކަ މީޓަރުގެ ސަރަހައްދުގައި ޕޭވްމަންޓް ހެދުމާއި، ނެރުބައްތި ހަރުކުރުމާއި ބަނދަރުގެ މަގު މަތީގައި މަގު ބައްތި ހަރުކުރުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމުގައިވެސް އެކުންފުނިން ބުނެއެވެ.

