އަންނަ ފެބްރުއަރީ މަހުގެ 05 ވަނަ ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ގޮނޑި ތަފާތު ބޮޑު ތަނުން ޕީޕީއެމްގެ ކެންޑިޑޭޓް އަލްއުސްތާޒު މޫސާ ފަތުހީ ނަގާނެ ކަމަށާއި ޕީއެންސީގެ ލީޑަރު އަބްދުއްރަހީމް އަބްދުﷲގެ ހިސާބުތަކުން އެކަން ދައްކާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
PNC ge Raees @Banafsaa ge hisaabun Komandoo Dhaaira boduthanun PPM ge candidate Uz @M_Fathuhy eba kaamiyab kurey In Sha Allah. #VoteFathuhy
#2✔ pic.twitter.com/t8A3ECEMPi— Ahmed Shiyam (@Shiyamaldives) February 1, 2022
ޝިޔާމް މިހެން ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމްގެ ކެމްޕެއިންގައި ބައިވެރިވާ އެޕާޓީ އާއި އެކު އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ލީޑަރު އަބްދުއްރަހީމް ވިދާޅުވެލެއްވި ވާހަކައަށް ބައިއަތު ހިފުމުގެ ގޮތުންނެވެ. އަދުރޭ ވިދާޅުވާ ގޮތުން އޭނާގެ ހިސާބު ތަކުން ދައްކާ ގޮތުން ޕީޕީއެމްގެ ކެންޑިޑޭޓް އުސްތާޒު ފަތުހީ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމުގައެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ވަގުތު ކުޑަތަންވަމުން އަންނައިރު އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ނިސްބަތްވާ ޕާޓީ ތަކުން އަންނައީ ދާއިރާގެ ތިން ރަށުގައި ކެމްޕޭންގެ ހަރަކާތްތައް މެދުނުކެނޑި ބާއްވަމުންނެވެ.
އެގޮތުން ޕީޕީއެމްގެ ފަރާތުން އެ ދާއިރާ އަށް ވާދަކުރައްވާ ކެންޑިޑޭޓަކީ މޫސާ ފަތުހީއެވެ.

