ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައިކޯޓުން ބަންދު ކުރި މީހެއް ދޫކޮށްލަން، ހިތަދޫ ކޯޓު މެޖިސްޓްރޭޓެއްގެ އަމުރެއް!

ދިވެހިރާއްޖޭގެ ހައިކޯޓު --- ފޮޓޯ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެ ކުރި މައްސަލައިގައި ދައުވާ އުފުލައި، ހައިކޯޓުގެ އަމުރެއްގެ ދަށުން ޝަރީއަތް ނިމެންދެން ބަންދުގައި ހުރި މީހެއްގެ ބަންދުން ދޫކޮށްލަން އައްޑޫ ހިތަދޫގެ މެޖިސްޓްރޭޓު ކޯޓަކުން އަމުރެއް ނެރެފި އެވެ.

މިއީ 2020 ގައި 98 ކިލޯގެ މަސްތުވާތަކެތި ކަނޑުމަގުން ރާއްޖެއަށް އެތެރެ ކުރި މައްސަލަ އެކެވެ. މައްސަލައިގައި ހިތަދޫ، މަންދޫބުގެ، ރުޝާން އަހުމަދު ދީދީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާފައި ވަނިކޮށް އޭނާ ދޫކޮށްލަން ނިންމީ ހިތަދޫ މެޖިސްޓްރޭޓު ކޯޓުގެ މެޖިސްޓްރޭޓު ރަފީއުއްދީން އަހުމަދެވެ. ބޭސްފަރުވާގެ ފުރުސަތު ދިނުމަށްކަމަށް ބުނެ ރުޝާން ދޫކޮށްލިއިރު ހައިކޯޓުން އޭނާ ބަންދުގައި ބަހައްޓަން އަމުރެއް ނެރުނީ ވެސް އެންމެ ފުރަތަމަ ބަންދުގައި ހުއްޓައި ހިތަދޫ ކޯޓުން އޭނާ ދޫކޮށްލުމުންނެވެ.

90 ދުވަހަށް ނުވަތަ ތިން މަސް ދުވަހަށް ހައިކޯޓުގެ އަމުރު ސަސްޕެންޑުކޮށް، ޝަރުތުތަކަކާއި އެކު ރިޝާން ދޫކޮށްލުމަށް ނިންމިއިރު މަތީ ކޯޓުގެ އަމުރެއް ސަސްޕެންޑު ކުރުމުގެ ބާރު ދަށު ކޯޓުތަކަށް ނޯވެ އެވެ. މަތީ ކޯޓުތަކުގެ ދަށު ކޯޓުތަކުން ތަބައަވުން ގާނޫނުން ލާޒިމް ކުރެ އެވެ.

މި މައްސަލައިގައި ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ، މެޖިސްޓްރޭޓު ރަފީއުއްދީންގެ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަނަށް ހުށަހަޅާނެ ކަމަށެވެ. އަދި ހައިކޯޓުގެ ނިމުންމުމެއް އޮއްވައި، އެ ހުކުމެއް ދަށު ކޯޓުގެ މެޖިސްޓްރޭޓަކަށް ބާތިލު ނުކުރެވޭނެކަން ފާހަގަ ކުރެއްވި އެވެ. އެހެންކަމުން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރާނެކަމަށް ޝަމީމް ވިދާޅުވި އެވެ.

”މީހަކު ދޫކޮށްލަން ބޭނުންފުޅިއްޔާ، ރަނގަޅު ސަބަބެއް ދައްކަވާންވާނެއެވެ. މިގޮތަށް ނިންމާ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށް، ޖޭއެސްސީގައި ޝަކުވާވެސް ކުރާނަމެވެ.“

މިއީ ގާނޫނާއި ހިލާފަށް ނެރުނު އަމުރަކަށް ވާތީ ގާނޫނީ ދާއިރާގެ ބޭފުޅުން ކަންބޮޑުވުންފާޅު ކުރައްވާފައި ވެއެވެ. ރުޝާން ބަންދުން ދޫކޮށްލީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާއާއި ގުޅޭ އިތުރު އެއްވެސް މީހަކާއި ބައްދަލު ނުކުރުމަށާއި، ހެކިންނާއި ބައްދަލު ކުރުމަށް މަސައްކަތް ނުކުރުން އަދި ރޭގަނޑުގެ 12 އިން ފެށިގެން ހެނދުނުގެ 06:00 ޖެހުމާއި ހަމައަށް ގެއިން ބޭރަށް ނިކުމެ އުޅުން މަނާ ކުރުމަށް ފަހު އެވެ. ބަންދުން ދޫކޮށްލާފައިވާ މުއްދަތުގެ ތެރޭގައި، އޭނާއަށް ބޭސްފަރުވާގެ ހުރިހާ ހައްގެއް ލިބެންޖެހޭކަމަށް އަމުރުގައި ވެއެވެ.  ދ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: