ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

20 ދިވެހި ދަރިވަރަކު އަދިވެސް ޔޫކްރެއިންގައި!

ޝެއާރކޮށްލާ ކަހަލަދޯ؟

ރަޝިޔާއިން ޔޫކްރޭންގައި ހަނގުރާމަ ފަށައިފައިވާއިރު، އެ ގައުމުގައި އަދިވެސް 20 ދަރިވަރުން އެބަތިބި ކަމަށް ފޮރިން މިނިސްޓްރީއިން ބުނެފި އެވެ.

ޔޫކްރެއިންގެ މަސްރަހު ގޯސްވެފައިވާ މި ދަނޑިވަޅުގައި އެޤައުމުގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ފޮރިން މިނިސްޓްރީއަށް އެނެގެވުމާއި ގުޅިގެން އެ މިނިސްޓްރީން ވަނީ މިހާރު އެ މަސައްކަތް ފަށާފައެވެ.

ޔޫކްރެއިންގައި 50 ދިވެހިން ތިބިއިރުގެ އޭގެ ތެރެއިން 35 ދަރިވަރުން އުޅެމުންދިޔައީ ހަނގުރާމައެއް ފަށައިފިނަމަ އޭގެ ނުރައްކާ އެންމެބޮޑު ސަރަޙައްދުގައެވެ. އެއީ ޔޫކްރެއިންގެ ޚަރްކިވް ސަރަޙައްދެވެ. އެއީ ރަޝިޔާގެ ބޯޑަރާ، އެންމެ ކައިރި ހިސާބެވެ.

އެ 35 ދަރިވަރުންގެ ތެރެއިން 5 ދަރިވަރަކު މިހާރު ރާއްޖެއައިސްފައިވާކަމަށާއި، 25 ދަރިވަރުން ރާއްޖެއައުމަށް އިއްޔެ ފުރާފައިވާކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން ޔުކްރޭންގެ އިރުމަތި ފަރާތުގައި އޮންނަ އިވާނޯ-ފްރެންކިވްސްކްގައި ދިރިއުޅޭ 14 ދަރިވަރުން އެބަ ތިބި ކަމަށާއި އެކުދިންގެ ހާލު ވެސް ބަލަމުން އަންނަ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފަ އެވެ. އަދި އެގައުމުގެ އެހެން ސިޓީއެއްގައި އިތުރު ދަރިވަރަކު އުޅޭ ކަމަށާއި އޭނާގެ ހާލު ވެސް ރަގަޅު ކަމަށް މިނިސްޓްރީއިން ބުންޏެވެ.

ރަޝީޔާއިން ޔޫކްރެއިނަށް ހަމަލާދޭން ފަށާފައިމިވަނީ ޔޫކްރެއިންގައި އަސްކަރީ އޮޕަރޭޝަންތަކެއް ކުރިއަށްގެންދާކަން ރަޝީޔާގެ ރައީސް ވްލަޑްމިއަރ ޕޫޓިން އިއުލާނު ކުރެއްވި ފަހުންނެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޔޫކްރެއިންގެ ބޮޑެތި ސިޓީތަކުގައި ގޮވުންތަކުގެ އަޑުތައް އިވިފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: