ސިފައިންގެ ތަމްރީނެއްގައި ހާލު ދެރަވި ދެ ދަރިވަރަކު މާލެ ގެނެސް ފަރުވާ ދޭން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ ސިފައިންގެ ޓްރެއިން ރަށް މާފިލާފުށީގައި ސިފައިންގެ ޓްރެއިން ހަދަމުންދިޔަ ދެ ދަރިވަރަކު މާލެ ގެނެސްފައިވާ ކަމަށެވެ.
އެ ދެ ދަރިވަރުން މާލެ ގެނައީ ފަރުވާއަށް ކަމަށާއި އެ ދަރިވަރުންނަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށެވެ. ނަމަވެސް އެމީހުންގެ އެންމެފަހުގެ ހާލަތު ހާމަކޮށްފައެއް ނުވެ އެވެ.
މާފިލާފުއްޓަށް ތަމްރީން ހަދަން ދިޔަ ޒުވާން ސިފައިންގެ މީހަކު މިދިޔަ ހަފްތާގައި ވަނީ މަރުވެފަ އެވެ. މަރުވެފައިވަނީ ގދ. ގައްދޫ އަށް ނިސްބަތްވާ ޕްރައިވެޓް މުހައްމަދު ރާފިލް ރަބީލް އެވެ.

