ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން، އިމްރާނަށް: ޑރ. އަފްރާޝިމް މަރުގެ މައްސަލައިގައި ހުރިކަމަށް ބުނި ހެކިތައް ކޮބާ؟

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމާއި، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދީނީ އިލްމުވެރިޔާ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގައި ހަގީގަތް އެނގި، ހެކި އެބަހުރިކަަމަށް ބުނެ އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަ ދެއްކެވުމަށް ފަހު މިއަދު މަގާމުގައި ހުންވައި އެ މައްސަލަ ނުބަލާ ސަބަބާއި މެދު ކުރީގެ ރައީސް އަދި އިދިކޮޅުގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސުވާލު އުފައްދަވައިފި އެވެ.

އިދިކޮޅުން މީގެ ކުރިން ވެސް ބޭއްވި އެކި ޖަލްސާތަކުގައި އިމްރާނާއި ކޯލިޝަންގެ އެހެން ލީޑަރުންނަށް ރައީސް ޔާމީން ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައި ވެއެވެ.

2012 އޮކްޓޯބަރުގައި ދީނީ އިލްމުވެރިޔާ، ޑރ. އަފްރާޝިމް މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރަކަށް ހުންނަވަނިކޮށް އަނިޔާވެރި ގޮތަކަށް ހަމަލާތައް ދީ އަވަހާރަކޮށްލި މައްސަލައިގެ އަސްލު ހަގީގަތް އަދި މިހާތަނަށް ހޯދިފައި ނުވެ އެވެ. އަފްރާޝިމްގެ މަރުގެ މައްސަލަ އައި ގުޅުވައި ސިޔާސީ ގިނަ ވާހަކަތައް ވެސް ދެކެވުނުއިރު، އޭރު ޕީޕިއެމްގެ ކެނޑިޑޭޓަކަށް ރިޔާސީ ކެނޑިޑޭޓަކަށް 2013 ގައި ޑރ. އަފްރާޝިމް ނެރުމަށް މަސައްކަތް ކުރާކަމުގެ ވާހަކަތަކެއް ވެސް ދެކެވުނެވެ. އެ ތުހުމަތުތައް ރައީސް ޔާމީނަށް އަމާޒުކޮށް، ތަފާތު އެކި މުޒާހަރާތަކުގައި ވެސް ދެކެވި 2015 ގައި އެމަނިކުފާނުގެ ވެރިކަމާއި ދެކޮޅަށް ކުރިޔަށް ގެންދިޔަ ”މޭޑޭ މުޒާހަރާ“ ގައި އިމްރާން ވަނީ އެ މަރުގެ ހަގީގަތް އޭނާއަށް އެނގޭކަމަށް ވިދާޅުވެފަ އެވެ.

އެއްވުމުގެ ބައިވެރިންނަށް ލިޔެކިއުންތަކެއް ދައްކަވައި، އޭގައި ހިމެނެނީ މަރުގެ ހަގީގަތާއި އޭގެ ހެކިކަމަށް އިމްރާން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި އެވެ. ރައީސް ޔާމީންގެ ވެރިކަން ބަދަލުވެ، މި ވެރިކަމަށް އުފެދި ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި އާއި ވަޒީރެއްގެ ގޮތުގައި ހުންނެވި އިމްރާން ވަނީ އެއީ އޭނާ ދެއްކި ސިޔާސީ ވާހަކަތަކެއްގެ ގޮތުގައި ބުނެ އެ މައުޟޫއަށް ވާހަކަ ދައްކަން ވެސް ދެކޮޅު ހަދާފަ އެވެ. އިމްރާން ވިދާޅުވީ އެ ދުވަހު އޭނާގެ އަތުގައި ހުރި ލިޔުންތައް ފުލުހުން އަތުލީ ކަމަށެވެ. ނަމަވެސް އޭގެ ފަހުން ވިދާޅުވީ އެއީ އަފްރާޝިމްގެ މަރާއި ގުޅޭގޮތުން ބައެއް ނޫސްތަކުގައި ގެނެސްދީފައި ހުރި ހަބަރުތަކުގެ ކޮޕީތައް ކަމަށެވެ.

ޑރ. އަފްރާޝިމްގެ މަރު ސިޔާސީކޮށް އެ ވާހަކަ އެންމެ ގިނައިން ދެއްކެވި އިމްރާނަށް އަމާޒު ކުރައްވައި ރައީސް ޔާމީން ވިދާޅުވީ އިމްރާނަކީ ދޮގުވެރިއެއްކަން ދިވެހި ކޮންމެ ރައްޔިތަކަށް ވެސް އެނގޭނެ ކަމަށެވެ. ތަހުގީގުތައް ކުރިޔަށް ގެންދިއުމުގައި ދިވެހި ފުލުހުން ގޯސްތައް ހަދާކަމަށް ބުނެ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު މަޖިލީހުގެ ކޮމިޓީގައި ވާހަކަ ދެއްކެވުމުނހް ދެ ފަހަރެއްގެ މަތީން އިމްރާން ވަނީ އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއްގެ ގޮތުގައި ވިދާޅުވެފަ އެވެ. އެހެންވެ މަޖިލީހުގައި އިތުރުފުޅު ހެއްދެވި ވަޒީރެއްގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ނިންމައި، އެކަން ވަނީ ކޮމިޓީއަށް ފޮނުވާފަ އެވެ.

ރައީސް ޔާމީން ވިދާޅުވީ އަފްރާޝިމްގެ މަރުގެ މައްސަލައިގެ ހެކި ހުރީ ތިމްނަނާގެ އަތުގައިކަމަށް ބުނެ އިމްރާން އެތައް ސީރިއަސް ބޮޑެތި ތުހުމަތުތަކެއްކޮށް، އެތައް ބަޔަކު ބަދަނާމު ކުރި ކަމަށެވެ. އަދި އަފްރާޝިމްގެ މަރުގެ ހަގީގަތް އެމަނިކުފާނަށް އެނގިވަޑައިގަންނަވާނެކަމަށް ބުނެ، އެ މަރުގެ ތުހުމަތު ވެސް ބޮލުގައި އެޅުވިކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

މިއަދު އިމްރާން ހޯމް މިނިސްޓަރަކަށް ހުންނަވައި އެ ތަހުގީގު ހިންގޭނޭ ހުރިހާ ބާރެއް އޮވެމެ މައްސަލަ ނުބަލާ ސަބަބާއި މެދު ސުވާލު އުފައްދައި ރައީސް ޔާމީން ވިދާޅުވީ އޭރު ހުރިކަމަށް ބުނި ކިތާބީ ހެކީގެ އަލީގައި މައްސަލަ ބަލޭނެ ކަމަށެވެ. އަފްރާޝިމްގެ ގާތިލު ހޯދަން، މިއަދު އެ ވާހަކަތައް އިމްރާން ނުދައްކަނީ ކީއްވެން ތޯ ރައީސް ޔާމީން ވަނީ ސުވާލު އުފައްދާފަ އެވެ. މިއީ ސިޔާސީ ގޮތުން ކުރިއަރަން، ނުވަތަ ސިޔާސީ ގޮތުން ވަކި މިސްރާބަކަށް ދާން އިމްރާން ހިންގެވި އަމަލެއްގެ ގޮތުގައި ރައީސް ޔާމީން ވިދާޅުވި އެވެ.

މީގެ އިތުރުން ބޭބޭފުޅު އަދި ރާއްޖޭގައި ދިގު 30 އަހަރު ވެރިކަން ކުރެއްވި ރައީސް މައުމޫން އަބްދުލްގައްޔޫމަށް ވެސް ބަހުގެ ހަމަލާތައް އަމާޒު ކުރައްވައި ރައީސް ޔާމީން ވިދާޅުވީ ދިގު މުއްދަތަކަށް ރައްޔިތުންނަށް ހިދުމަތް ކުރައްވާފައި ތިބޭ ބޭފުޅުން ވެސް ރައްޔިތުން ވާ ވެއްދުމުގެ ބޭނުމުގައި ކޮންމެ ވާހަކައެއް ދައްކަވާފާނެކަން މިދިޔަ ރިޔާސީ އިންތިހާބުން ވެސް އެނގިގެން ދިޔަ ކަމަށެވެ.

ބޮޑެތި ހަމަލާތަކެއް ދީ ޑރ. އަފްރާޝީމް އަވަހަރަކޮށްލި މައްސަލައިގައި ހ. ލޮބީ، ހުސައިން ހުމާމްގެ މައްޗަށް ހުކުމެއް ވަނީ އިއްވާފަ އެވެ. މަރުތަކުގެ މައްސަލަ ބެލުމަށް މި ސަރުކާރުން އުފެއްދި ކޮމިޝަނުގެ ރިޕޯޓުގައި ބުނީ މިއީ ދީނީ ގޮތުން އުފެދުނު ހިޔާލުތަފާތުވުމެއްގެ ތެރެއިން ހިނގި ގަތުލެއްލަމަށާއި ސިޔާސީ ބައެއް ކަންކަން ވެސް މީގެ ތެރޭގައި ހިނގާފައިވާ ކަމަށެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 25%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: