ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިންގެ ޝަކުވާ އަޑުއަހައި، ހުރިހާ މަހެއް ކިރަން ސަރުކާރުން ނިންމައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދެކުނުގެ މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅުވެ، މަސްވެރިން ބާނާ މަސްކޮޅު ނުކިރުމުގެ ޝަކުވާ ހައްލުކޮށް ހުރިހާ މަހެއް ކިރާދޭ ގޮތަށް ސަރުކާރުން ހަމަޖައްސައިފި އެވެ.

ދެކުނުގެ މަސްވެރިކަން ރަނގަޅު މި ދުވަސްވަރު މަސްވެރީން ބާނާމަސް ކޫއްޑުއަށް ނުކިރޭތީ މަސްވެރިން ވަނީ އެރަށު ބަނދަރުގައި މުޒާހަރާ ފަށާފައެވެ.

މިކަމާ ގުޅިހެން ރައީސް އޮފީހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ މަސްވެރިންނަށް އެއްބަސްވެވޭ ފަދަ ގޮތަކަށް ސަރުކާރުން އިމްޕްލިމެންޓޭޝަން ޕްލޭނެއް ހަދާފައިވާ ކަމަށާއި މަސްވެރިންނަށް ކިޔޫ އޯޑަރެއް ހަމަޖައްސައި އެ އޯޑަރާ އެއްގޮތައް މަސްކިރޭނެ އިންތިޒާމުތައް ކޫއްޑޫގައި ސަރުކާރުން މިހާރު ހަޖަމައްސާފައިވާ ކަމަށެވެ.

ރައީސް އޮފީހުން ބުނީ އެ ޕްލޭންގެ ދަށުން މަސްކިރޭނެ ތަރުތީބާއި ދުވަސް އެ މަސްވެރިންނަށް އަންގާފައިވާ ކަމަށާއި މިވަގުތު ކޫއްޑޫ ފަޅުގައި އޮތް ހުރިހާ މަސް ދޯންޏެއްގެ ހުރިހާ މަސްކިރޭނެ ކަމަށެވެ.

ދެކުނުގެ މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅުވުމާއި ގުޅިގެން މިފްކޯގެ މަސް ގަންނަ ކެޕޭސިޓީއަށް އޮބި ނޯވެގެން މަސް ގަތުން ވަނީ ކޮންޓްރޯލް ކޮށްފައެވެ. އެގޮތުން ކިއު ހަދައި ކޮންމެ ދޯންޏަކުން 5 ޓަނު މަސް ގަންނަ ގޮތަށް މިފްކޯއިން ވަނީ ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: