ރ. މާކުރަތު ބަނދަރު ތަރައްގީީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް މި މަހުގެ 20 ވަނަ ދުވަހު ސައިޓް މޮބިލައިޒް ކޮށްފިއެވެ.
އެ މަޝްރޫއުގެ ދަށުން 45،024 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 140 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 129 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި. 85 މީޓަރުގެ ސަރަހައްދެއްގައު ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.
މީގެ އިތުރުން 28 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމާއި 641 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ހިމެނެއެވެ.
އެ މަޝޫރޫއަކީ 26.67 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

