ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިސޯޓް ތަކުގެ ބިމު ކުލި ނަގާ ރޭޓް ބަދަލުކުރަން ނުފެނޭ: އިކޮނޮމިކް ކައުންސިލް

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ މިހާރުގެ ފިސްކަލް ހާލަތަށް ރިއާޔަތްކޮށް ރިސޯޓް ތަކުގެ ބިމު ކުލި ނަގާރޭޓް ބަދަލުކުރުމަށް ނުފެންނަ ކަމަށް އިކޮނޮމިކް ކައުންސިލުން ނިންމައިފިއެވެ.

އެކަމުގެ ސަބަބެއް ކަމުގައި ވަނީ ދައުލަތަށް ލިބޭ  އެންމެ ގިނަ އާމްދަނީ ލިބޭ ސިނާއަތަކީ  ފަތުރުވެރިކަމުން ލިބޭ ނަފާ ކަމަށް ވުމުން އެކަން ދޫކޮށް ލާފައި އެޅޭނެ އެހެން ފިޔަވަޅެއް ނެތުން ކަމަށް އެކައުންސިލުން ވަނީ ނިންމާފައެވެ. އަދި ފަތުރުވެރިކަމަކީ އެންމެ ބޮޑަށް ކުރިއަރަމުން ދާ ސިނާއަތްވެސް މެއެވެ. އެ ސިނާއަތާއި އެއްވަރަށް ކުރިއަރާދާފަދަ އެހެން ސިނާއަތެއް މިވަގުތު ރާއްޖޭގައިނެތެވެ.

ފަތުރުވެރިކަމުގެ ސިނާއަތުން ދައުލަތަށް ފިކްސްޑް އާމްދަނީ އެއް ލިބޭނެ ގޮތަށް ހަމަ އަގުގައި ކުލި ނެގުން މުހިއްމު ކަމަށާއި ރާއްޖެ ފަދަ ވަސީލަތްތައް މަދު ގައުމު ތަކުން ލިބޭ އާމްދަނީ މެކްސިމައިޒް ކުރުމަކީ މުހިއްމު ކަމެކެވެ.

ދުނިޔޭގެ އިގްތިސާދީ ހާލަތު، މެދު ރާސްތާ އަށް ތަސައްވަރު ކުރެވޭ ގޮތުންނާއި މެދު ރާސްތާގައިވެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުު 2019 ވަނަ އަހަރު ހުރި މިްވަރަށް ދަށްވާނެ ކަމށް އަންދާޒާ ނުކުރެވޭތީ މެދު ރާސްތާގައި ހުރި ފިސްކަލް ހީރާސްތައް ނުހަނު ބޮޑެވެ.

ރިސޯޓް ކުރީގެ ގޮތުގައި ލިބޭ އާމްދަނީ އަކީ އަހަރުން އަހަރަށް އިތުރުވާ ދައުލަތަށް މުހިއްމު އާމްދަނީ އެކެވެ.

ދިވެހި ރާއްޖޭގެ ޓޫރިޒަމާއި ބެހޭ ގާނޫނަށް އިސްލާހު ގެނެސް ރިސޯޓް ބިމު ކުރީގެ ރޭޓު ކުޑަ ކޮށްފިނަމަ ދައުލަތަށް ލިބޭ އާމްދަނީ ކުޑަވާނެއެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތަށް ލިބެމުންދާ ކުރިއެމުގެ ފައިދާ ދައުލަތަށް ކުރާ މިންވަރު ވެސް ކުޑަވާނެއެވެ.

2022 ވަނަ އަހަރަށް ހުށައެޅި ބަޖެޓަކީ ދުނިޔޭގެ އިގްތިސާފު މެދު ރާސްތާގައި ކޮވިޑް 19 ގެ ކުރީގެ ހާލަތަށް ވާސިލްވާނެކަމށް އަންދާޒާ ކޮށް ހުށައެޅި ބަޖެޓެއް ކަމުގައި ވީ ނަމަވެސް މި އަހަރުގެ ތެރޭގައި ދުނިޔޭގެ އިގްތިސާދަށް މި އަންނަމުންދާ ލޮޅުންތަކާ އެކު ރާއްޖޭގެ ފިސްކަލް ރާސްތާވެސް ވަނީ ބަދަލު ވެފައެވެ.

އެގޮތުން މި އަހަރުގެ ބަޖެޓަށް އަންދާޒާ ކުރި މިންވަރަށްވުރެ ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންނާއި ބެޑް ނައިޓްސް ގެ އަދަދު އިތުރުވާނެ ކަމށް މިހާރު ލަފާ ކުރެވެއެވެ. ވުމާއެކު ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ އާމްދަނީ އަންދާޒާ ކޮށްފައިވާ މިންވަރަށް ވުރެ ބޮޑު ތަނުން ކުރިއަރާނެ ކަމަށް މިހާރު ލަފާ ކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: