ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލްހާންގެ ރައްދެއް ރައީސް ނަޝީދަށް!

ރައީސް ނަޝީދް އަދި ކުރީގެ އެމްޑީޕީގެ ޗެއަރޕާސަން އަލްހާން ފަހުމީ: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ޖޭއެސްސީގެ ރައީސް ހިސާން ހުސައިން، ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލްއާ ދަންވަރުގެ ވަގުތެއްގައި ބައްދަލު ކުރެއްވިކަމަށް ދެކެވިފައިވާ ވާހަކަތައް، ރައީސް ނަޝީދު ދޮގުކުރެއްވުމާއި ގުޅިގެން އެމްޑީޕީގެ ކުރީގެ ނައިބް ރައީސް އަލްހާން ފަހުމީ އެ މަނިކުފާނަށް ރައްދު ދެއްވައިފިއެވެ.

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް މޭ މަހުގެ 29 ވަނަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ގެންގޮސްފައިވާ ކަމަށް ސަންގުޓީވީން ހާމަކޮށްފައިވާ މައުލޫމާތު ދޮގުކުރައްވައި، ދަންވަރު ގަޑީގައި ބައްދަލު ކުރެއްވުމުގެ ފުރުސަތެއް އެއްވެސް ބޭފުޅަކަށް ދީފައި ނުވާކަމަށް ރައީސް ނަޝީދު ވިދާޅުވުމާއި ގުޅިގެން، ޓްވިޓާރގައި ނަޝީދު ޓެގްކޮށް އަލްހާން ވިދާޅުވީ، ފަނޑިޔާރުނަށް ނުފޫޒު ފޯރުމުގެ މަގުސަދުގައި، ޖުޑީޝަލް ސާވިސް ކޮމިޝަންވަނީ ހިސޯރުކޮށްފައިކަމަށެވެ.

ހިސާން ހުސައިން ދަންވަރުގެ ވަގުތެއްގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލާއި ބައްދަލު ކުރެއްވިކަން ރައީސް ނަޝީދު ދޮގުކުރެއްވުމާއި ގުޅިގެން އިތުރަށް އަލްހާން ވިދާޅުވީ، ވައުދުވެފައިވާ އިސްލާހުތައްވެސް ގެނެސްފައިނުވާކަމަށެވެ. އަދި ރައީސް ނަޝީދު ހައްދަވާ ދޮގުތައް، ގަބޫލު ކުރާނެ ރައްޔިތުން މިހާރު މަދުވެފައިވާކަމަށްވެސް އަލްހާން ފާހަގަކުރެއްވިއެވެ.

 

އަލްހާން މިފަދައިން ވިދާޅުވެފައިވާއިރު، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް ހިސާން ހުސައިން، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލާއި، ދަންވަރުގެ ވަގުތެއްގައި ބައްދަލު ކުރިކަމުގެ މައުލޫމާތު، އިތުބާރު ހިފޭ މަސްދަރަކުން ލިބުމާއި ގުޅިގެން ސަންގުޓީވީންވަނީ، ސޯޝަލް މީޑިއާގައި، ޖޭއެސްސީ ޓެގްކޮށް ހާމަކޮށްފައިއެވެ. އަދި ހިސާން ހުސައިނާއި، އަހުމަދު ޝަކީލްގެ އިތުރުން، ބަންޑާރަ ނައިބު އަދި ޖޭއެސްސީގެ މެމްބަރު އިބްރާހިމް ރިފްއަތުއާ އެކުގައި ބައްދަލުވުމެއް ބާއްވާފައިވާ ކަމަށް ވެސް ހާމަކޮށްފައިވެއެވެ.

ސަނގުޓީވީއިން މިފަދައިން ބުނެފައިވާއިރު، ޖޭއެސްސީއިންވަނީ، ޓްވީޓްގައިވާ މައުލޫމާތުތައް ދޮގުކޮށްފަވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: