ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަސް ދަތުރުކުރަން ކޭޝް ކާޑާއި ސްމާޓް ފޯނު ބޭނުންކުރެވޭ ގޮތް ހަދަނީ!

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ބީއެމްއެލްގެ ބޭންކް ކާޑު ބޭނުންކޮށްގެން ބަސް ހިމެނޭހެން ޕަބްލިކް ޓްރާންސްޕޯޓްގެ ދަތުރުފަތުރުގެ ހިދުމަތް ލިބޭނެ ގޮތް މި އަހަރު ނިމުމުގެ ކުރިން ހަމަޖެހިގެންދާނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ރޭ ވިދާޅުވެއްޖެއެވެ.

އެމްޓީސީސީގެ ”ރާއްޖެ ޓްރާންސްޕޯޓް ލިންކް“ ގެ ބަހުގެ ހިދުމަތް ހުޅުމާލޭ ފޭސް ދޭއްގައި ފެށުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި އާޒިމް ވިދާޅުވީ އެ ކުންފުނިން މަސައްކަތް ކުރަމުން ދަނީ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކާއެކު ވީހާވެސް ލުއިފަސޭހަކޮށް ރައްޔިތުންނަށް ހިދުމަތްތައް ދިނުމަށް ކަމަަށެވެ.

އެގޮތުން އަތުގައި އޮންނަ ބޭންކް ކާޑު ބޭނުން ކޮށްގެން ޕަބްލިކް ޓްރާންސްޕޯޓް އޮތް ކޮންމެ ތަަނަކުން ޓިކެޓު ކަނޑައަޅައިގެން ދަތުރު ކުރެވޭނެ ގޮތް ހަމަޖެހިގެންދާނެކަމަށާއި، ސްމާޓް ފޯނު އަތުގައި އޮތަސް އެ ފޯނު ޖައްސަލައިގެން ދަތުރު ކުރެވޭ ގޮތް ވެސް ހަމަޖެހޭނެކަމަށް އާޒިމް ވިދާޅުވިއެވެ.

”މި އަހަރު ނިމުމުމުގެ ކުރިން އަތުގައި އޮންނަ ބޭންކް ކާޑު ބޭނުންްކޮށްގެން ޕަބްލިކް ޓްރާންސްޕޯޓް އޮތް ކޮންމެ ތަަނަކުން ޓިކެޓު ކަނޑައަޅައިގެން ދަތުރު ކުރެވޭނެ ގޮތް ހަމަޖެހޭނެ، ސްމާޓް ފޯނު އަތުގައި އޮތަސް އެ ފޯނު ޖައްސަލައިގެން ދަތުރު ކުރެވޭ ގޮތް ވެސް ހަމަޖެހޭނެ،“ އާޒިމް ވިދާޅުވި އެވެ.

މީގެ އިތުރުން އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއާއި، އަދި ލ. އަތޮޅުގައި މުޅިން އާ ބަސްތަކުގެ ހިދުމަތްތަކެއް މި އަންނަ ޖުލައި މަހު ފެށިގެން ދާނެ ކަން ވެސް އާޒިމް ރޭ ހާމަކުރެއްވިއެވެ. އަދި މާލޭގެ ރައްޔިތުން އެތައް ޒަމާނަކު އިންތިޒާރު ކުރަމުން ދިޔަ މިނީ ބަހުގެ ހިދުމަތް ވެސް ޖުލައި މަހު ލިބެން ފަށާނެކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: