ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިންމަފުށި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ 68 ޕަސެންޓް ނިމިއްޖެ!

ޝެއާރކޮށްލާ ކަހަލަދޯ؟

ކ. ހިންމަފުށި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ދެވަނަ ފިޔަވަހީގެ މަސައްކަތުގެ 68 ޕަސެންޓް ނިމިއްޖެކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓާ އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނެފައިވާގޮތުގައި މި މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުގަލުގެ ދެވަނަ ޝިޕްމަންޓް ވަނީ ސައިޓަށް ގެންދެވިފައިފައެވެ. 

މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން، 14،300 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 38 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމުގެ އިތުރުން 248 މީޓަރުގެ ސަަރަޙައްދެއްގައި ރިވެޓްމެންޓް ޖަހައި، 172 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލެވިގެންދާނެކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ. އަދި ނެރުބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ދަށުން ކުރެވިގެންދާނެކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

މި މަޝްރޫޢަކީ 25.88 މިލިއަން ރުފިޔާގެ މަޝްރޫޢެއްކަމަށް ކުންފުނިން ވަނީ މައުލޫމާތުދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: