ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ 92 ޕަސެންޓް ނިމިއްޖެ!

އިހަވަންދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ހއ. އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 92 ޕަސެންޓް ނިމިއްޖެކަމަށް އެމްޓީސީސީން ބުނެފިއެވެ.

މި މަޝްރޫއުގައި ހިމެނޭ ލައިޓް ޕޯސްޓް ހަރުކުރުމުގެ މަސައްކަތާއި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވަނީ ފަށާފައިކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން، 30،509 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި އަދި 95 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލެވިގެންދާނެކަމަށާއި 284 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލައި 178 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރެވިގެންދާނެކަމަށް ކުންފުނިން ބުނެފައިވެއެވެ. އަދި ނެރުބައްތި އާއި މަގުބައްތި ހަރުކުރުމުގެ އިތުރުން 4582 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ދަށުން ކުރުމަށް ކަނޑައެޅިފައިވާކަމަށް އެމްޓީސީސީ ބުންޏެވެ.

ކުންފުނިން މައުލޫމާތު ދޭ ގޮތުގައި މި މަޝްރޫޢަކީ 59.07 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: