ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝިދު ދެއްކި ވާހަކައަކަށް ޝިޔާމް އެއްބަސްވެއްޖެ!

ރައީސް ނަޝީދު އަދި ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ފަދައިން، އެމްޑީޕީގެ މި ވެރިކަމުގައި ދިވެހިރާއްޖެއަށް ވަރަށް ބޮޑެތި ބަދަލު އައިސްފައިވާކަމަށް ސަމާސާ ގޮތަކަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އަހަރީ ދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖެ ބަދަލު ކުރި ޕާޓީއަކީ، އެމްޑީޕީކަމަށް ވިދާޅުވެ ރައީސް ނަޝިދު ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވައި، ޝިޔާމް ވިދާޅުވީ، އެމްޑީޕީގެ އަހަރީ ކޭކު އިންނާނެ ގޮތް އެނާއަށް ސިފަ ކުރެވޭކަމަށެވެ. އަދި އަހަރީ ދުވަހުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވާހަކަތަކާއި، އެނާ ދެބަސްނުވާކަމަށް ފާހަގަކުރައްވާ، ޝިޔާމް ވިދާޅުވީ، ވަރަށް ބޮޑެތި ބަދަލުތަކެއް ދިވެހިރާއްޖެއަށް އައިސްފައިވާކަމަށާއި، އެ ޕާޓީގެ އަހަރީ ދުވަހު ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިސްތިއުފާ ދެއްވުން މޮޅުއިތުރުކަމަށްވެސް ޝިޔާމް ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު ފާހަގަކުރައްވާ ގޮތަށް ދިވެހިރާއްޖެއަށްވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައިކަމަށް ޝިޔާމް ވިދާޅުވެފައިވާއިރު، ދިވެހި މުޖުތަމައުގެތެރޭގައި އިސްލާމް ދީނާއި ހިލާފުވާ ގިނަ އަމަލުތަކެއް ހިންގުންވަނީ އާންމުވެފައިއެވެ. އެގޮތުން އެމްޑީޕީގެ އިސް މެމްބަރުންތަކެއް ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކެއްގެ އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކަކާއި، ޖަމާއަތުގައި ގުޅުން ހިންގާ ފޯޓޯތަކެއްވެސް ވަނީ އާންމުވެފައިއެވެ. އަދި ކޮވިޑް19ގެ ބަލި މަޑުކަމުގެ ކުރިން ދިވެހި ރާއްޖޭގެ ދައުލަތުގެ އާމްދަނީ 4 ބިލިއަން ރުފިޔާކަމަށް ވީއިރު، ދިވެހި ރާއްޖޭގައި އިގްތިސޯދީ އަދި އިޖްތިމާއީ ހަމަޖުން އޮތްކަމަށް ފާހަގަކޮށްލެވެއެވެ. ނަމަވެސް ކޮވިޑަށްފަހު، ދައުލަތުގެ އާމްދަނީ 24 ބިލިއަން ރުފިޔާއަށް އަރައިފައިވާކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވި އިރު، ތަކެތީގެ އަގުތައް މައްޗަށް ގޮސް، ދައުލަތުގެ ދަރަނިތައް އިންތިހާއަށް ބޮޑުވެ، އެ ދަރަނިތައް ނުދެއްކިދާނެކަމުގެ ބިރު ހީވެފައިވާކަމަށް ގިނަ ފަރާތްތަކުން ފާހަގަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ތިލިއުނ ކިޔަާލ މިިހަކައ އެނގެޭނ އެއްފަރަތައ ޖެހ ހުސްވެފ އޮްްތް ލިއުމެއްކަން
    އިތުރަްްއް ނެއް ބުނަަާނެ އެއްޗެއް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: