ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގައި ރައީސް ނަޝީދަށް ކުރިން އޮތް ތާއިދެއް މިހާރަކު ނެތް: މޫކޭ

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އެމްޑީ މޫސާ ޢަލީ މަނިކް (މޫކޭ) އާއި، ކުރީގެ ރައީސް މުޙައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގައި އެ ޕާޓީގެ ރައީސް ރައީސް މުހައްމަދު ނަޝީދުއަށް ކުރިން އޮތް ތާއިދެއް މިހާރު ނެތް ކަމަށް  ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓާ މޫސާ އަލީ މަނިކް (މޫކޭ) ދެއްވައިފިއެވެ.

ސަންގު ޓީވީގެ ”ހަބަރަށް ފަހު“ ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުން ،މޫސާ އަލީ މަނިކް ވިދާޅުވީ އެމްޑީޕީގައި ރައީސް ނަޝީދަށް ކުރިން އޮތް ތާއިދު ނެތްކަން އެމްޑީޕީގެ މެމްބަރުން ވެސް ގަބޫލު ކުރައްވާނެ ކަމަށާއި އަދި ރައީސް ނަޝީދަށް ވެސް އެކަން އެނގިވަޑައިގަންނަވާނެ ކަމަށް މޫސާ އަލިީ މަނިކް ވިދާޅުވިއެވެ.

އަލީ މަނިކް ވިދާޅުވި ގޮތުގައި ރައީސް ނަޝީދު މިހާރު ތަންކޮޅެއް އަނގަ ގަދަ ވާހަކައާއި، ބުނަން ނުޖެހޭ އެއްޗިހި ބުނާ ވާހަކަ ޕާޓީގެ އާންމު މެމްބަރުން ވެސް ފާހަގަ ކުރެއެވެ. އެހެން ކަމުން ކުރިން ޕާޓީގައި ރައީސް ނަޝީދަށް އޮތް ތާއިދު މިހާރު ނެތްކަން ރިޔާސީ ޕްރައިމެރީއެއް ބޭއްވުން ސާފްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މޫސާ އަލީ މަނިކް ވިދާޅުވީ ވެގެން އުޅޭ ގޮތް އެންމެންނަށް ސާފް ކަމަށާއި ރައީސް ނަޝީދު ބޭނުންފުޅު ވެގެން އުޅުއްވަނީ ވެރިކަން ކަމަށެވެ. އަދި ވިދާޅުވީ ވެރިކަމުގެ ކިންމެ ނިޒާމެއް އޮތަސް ހަގީގަތުގައި އެއްވެސް މައްސަލައެއް ނެތް ކަމަށާއި މައްސަލައެއް އޮވެއްޖެނަމަ ރައީސް ނަޝީަށް ވެރިކަން ލިބުމުން އެ މައްސަލައެއް ހައްލުވީ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން މޫސާ އަލީ މަނިކް ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ދޭން ޖެހޭނީ ޕްރައިމެރީއަކުން ކަމަށާއި އެއީ އޭނާ ވެސް ތާއިދު ކުރައްވާ ގޮތް ކަމަށް ވިދާޅުވިއެވެ. އަދި ރިޔާސީ ޕްރައިމެރީގައި ރައީސް ނަޝީދަށް މިހާރު ރައީސް ސާލިޙް ބަލި ނުކުރެއްވޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ނަޝީދަށް ދީގެން އެމްޑީޕީއަށް ވެރިކަން ލިބޭނެ އެއްވެސް ފޯމިއުލާއެއް ނެތް ކަމަށާއި ރާއްޖޭގައި ވެރިކަމުގެ ކޮންމެ ނިޒާމެއް އޮތަސް ރައީސް ނަޝީދުއާއިއެކު ގޮސް އެމްޑީޕީއަށް ވެރިކަން ނުލިބޭނެ ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
13%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 13%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 75%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: