ބ. ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 56 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.
އެކުންފުނިން ބުނިގޮތުގައި އެމަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައެވެ.
އެ މަޝްރޫއުގެ ދަށޫން 10،800 ކިއުބިކް މޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި 490 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމާއި 96 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.
މި މަޝްރޫއަކީ 22.14 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

