ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝިފާވެސް ހައްޔަރުކުރުމަށް އާއްމުން ގޮވަން ފަށައިފި

ފިލްމީ ތަރި އަދި ޓިކްޓޮކް ސްޓާރ ޝިފާ
ޝެއާރކޮށްލާ ކަހަލަދޯ؟

މަދު ދުވަސްކޮޅެއްގެ ތެރޭގައި ޓިކްޓޮކުން އާއްމުންގެ މަޤްބޫލުކަން ހޯދި ޝިފާ ހައްޔަރުކުރުމަށް އާއްމުން ގޮވަން ފަށައިފިއެވެ. އޭނާ ހައްޔަރުކުރުމަށް އާއްމުން ގޮވާލަމުންދަނީ އިތުރު އަންހެނަކާއެކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރުފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވާތީއެވެ.

އެއްޖިންސުން ގުޅުން ހިންގާ މަންޒަރޔު ފެންނަ ޝިފާގެ އެ ވީޑިއޯ ލީކުވުމާއެކު ށިފާ ވަނީ އެއީ “ޑީޕް ފޭކް“ އެޑިޓެއް ކަމަށްބުނެ އެކަމާ އިންކާރުކޮށްފައެވެ. އަދި އެއީ ސިޔާސީ ފިކުރުގެ ސަބަބުން ބަޔަކު އޭނާއަށް ދެރައެއް ދިނުމަށް ދުރާލާ ރައިވައިގެން ހިންގާފައިވާ ކަމެއްކަމަށް އޭނާވަނީ ތުހުމަތު ކޮށްފައެވެ.

ކުއްލިއަކަށް ޝިފާ ހައްޔަރުކުރަން ގޮވާލުމުގެ އަޑު މިހާ ގަދަވެފައިމިވަނީ ބަނގްލަދޭޝްގެ ތރައްޔިތެއް ކަމުގައިބވާ އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގެ ތަހުޤީޤަށް މީހުން ހައްޔަރުކުރުމުގެ އޮޕަރޭޝަނެއް ފުލުހުިން އިއްޔެ ފެށުމާއެކުގައެވެ. އެއްޖިންސުން ގުޅުން ހިންގި މީހުން ހައްޔަރުކުރުމުގެ ހާއްސަ އޮޕަރޭޝަންގެ ތެރެއިން ފުލުހުން ވަނީ އިއްޔެ ތިން މީހަކު ހައްޔަރުކޮށްފައެވެ. އެއީ ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރާއި ކާނަލް މުޙައްމަދު ނަޝީދުގެ އިތުރުން ފުލުހެކެވެ. އަދި މި ކަމުގައި އިސްކޮށްއުޅުނު އަލަމްގިރިވަނީ މި މަހުގެ 12 ވަނަ ދުވަހު ފުލުހުން ހައްޔަރުކޮށްފައެވެ.

އަލްމަގިރިއާއެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ ވީޑިއޯތައް ސާޝަލް މީޑިއާގައި ދައުރުވާން ފެށީ ފުލުފުލުންނެވެ. އެގޮތުން އެއްމެ ފުރަތަމަ ދައުރުވީ ނާޒިމް ސައްތާރުގެ ވީޑިއޯއެވެ. އެއަށްފަހު ކާނަލް ނަޝީދުގެ ވީޑިއޯއެވެ.

މީގެ ކުރިން މައުލޫމާތު ލިބުނީ އަލަމްގިރި 50 މީހަކާއި އެކު ގުޅުން ހިންގުމަށް ފަހު އެ މީހުންނަށް ބްލެކްމެއިލް ކުރަމުން ދިޔަކަމަށެވެ. ބްލެކްމެއިލްކޮށް، ބިރު ދެއްކުމުގައި އެހެން ބައެއްގެ ނުވަތަ ދިވެހިންތަކެއްގެ ބައިވެރިވުން އޮތްކަމަށް ބެލެވެ އެވެ. އެކަމަކު ފުލުހުންގެ ތަހުގީގަށް މިހާތަނަށް ހޯދި ހޯދުންތަކަށް އެނގޭ ގޮތުގައި އަލަމްގިރިއާއި އެކު އެއްޖިންސުން ގުޅުން ހިންގައި ފާހިޝް އަމަލުތައް ހިންގި މީހުންގެ އަދަދު 250 އަށް އަރަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: