ދައުލަތުގެ މުއައްސަސާއަކުން އަންގައިފިނަމަ އެ އަންގާ ސައިޓުތަކެއް ބްލޮކް ކުރާނެކަމަށް އުރީދޫ ޗީޕް ކޮމާޝަލް އޮފިސަރ ހުސައިން ނިޔާޒް ވިދާޅުވެއްޖެއެވެ.
އުރީދޫގެ ޚިދުމަތައް 17 އަހަރު ފުރުމާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނިޔާޒް ވިދާޅުވީ ޓެލެކޮމް ނުވަތަ ދައުލަތުގެ މުއައްސަސާއަކުން އަންގައިފިނަމަ ބަރަހަނާ ވެބްސައިޓުތައް ފަދަ ނުރަނގަޅު ވެބްސައިޓުތަކަށް ނުވަދެވޭ ގޮަތއް ބްލޮކް ކުރާނެކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ މީގެ ކުރިންވެސް ކަމާގުޅޭ އިދާރާތަކުން އަންގާފައިވާ ވެބްސައިޓުތައް ބްލޮކްކޮށްފައިވާ ކަމަށާއި ކުރިއަށް އޮތްތާނގައިވެސް އެ އުސޫލުން ކަންތައް ކުރެވިގެންދާނެ ކަމަށެވެ.
ދިވެހިރާއްޖެއަށް އުރީދޫ ޚިދުމަތް ތަޢާރަފް ކޮށްފައިވަނީ 2005 ވަނަ އަހަަރުގެ އޮގަސްޓު ފަހެއްގައެވެ.


One Response
މަށަށް ފެންނަނީ ހަމަ ބްލޮކް ކުރަން